ސަރުކާރުގެ ހަރަދުގައި ޑިގްރީ ހަދާ ދަރިވަރުން އަމިއްލައަށް ކޯސް ދޫކޮށްލައިފި ނަމަ އެ ފައިސާ ސަރުކާރަށް އަނބުރާ ދައްކަންޖެހޭ ގޮތަށް އުސޫލު ބަދަލުކޮށްފިއެވެ.
މިދިޔަ ހަފުތާގައި ހިލޭ ޑިގްރީއަށް ކިޔެވުމުގެ ސްކީމް އިސްލާހުކޮށް ގެޒެޓްކޮށްފައި ވާއިރު ސަރުކާރުން ހަރަދުކޮށްގެން ކިޔަވަން ފެށުމަށް ފަހު، މަގުބޫލު އުޒުރެއް ނެތި ކޯސް ހުއްޓާލާނަމަ އެ ފައިސާ ސަރުކާރަށް އަނބުރާ ދައްކަން ޖެހޭނެ ކަމާއި ނުދައްކައިފި ނަމަ ގާނޫނީ ގޮތުން ފިޔަވަޅު އަޅާނެކަމަށް މި އުސޫލުގައި ވަނީ ބުނެފައެވެ.
މީގެއިތުރުން ކޯހުން ފެއިލް ވެއްޖެ ކަމަށް އެ ކޯހެއް ހިންގާ މަރުކަޒުން ކަނޑައެޅި ނަމަވެސް ފައިސާ އަނބުރާ ދައްކަން ޖެހޭނެއެވެ. އަދި ފުރަތަމަ ޑިގްރީއަކަށް ވުރެ ދަށް ސަނަދަކާ އެކު ދަރިވަރުން ކޯހުން ވަކިވިޔަސް ފައިސާ ދައްކަން ޖެހޭނެއެވެ.
މި އުސޫލުގައިވާ ގޮތުން ސަރުކާރަށް ފައިސާ ނުދައްކާ ނަމަ އަޅާނެ ގާނޫނީ ފިޔަވަޅުތައް ވަނީ ބަޔާން ކޮށްފައެވެ. މި ގޮތުން ސަރުކާރުން ކުރި ހަރަދު އަނބުރާ ދައްކާ ނިމެންދެން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އިއުލާން ކުރާ މަތީ ތައުލީމާއި ތަމްރީނުގެ އެއްވެސް ފުރުސަތެއް ނުދޭނެކަމަށް މި އުސޫލުގައި ވަނީ ބަޔާން ކޮށްފައެވެ. އަދި ފައިސާ ހޯދުމަށް ޝަރުއީ ގޮތުން ފިޔަވަޅު އަޅާނެ ކަމަށްވެސް މި އުސޫލުގައި ވަނީ ބުނެފައެވެ.
ސަރުކާރުގެ ހަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ދިނުމަކީ މި ސަރުކާރުގެ ވައުދެކެވެ.
ހިލޭޑިގްރީއަށް ކިޔަވައިދޭތީ މި ހީވަނީ ކުޅޭ ކުޅިވަރެއް ހެން. ކިޔަވަންފަށާ ދޫކޮއްލާ އަނެއް ފަހަރު އަނެއްކޯހަށް ކުރިމަތިލާ.