އެރިކާގެ އޮހިއޯގައި އޮންނަ ކޯރުން މަސްބޭނުމުގެ މުބަރާތެއްގައި ބާނާ އެންމެ ބަރު މަހަށް ބޮޑު އިނާމެއް ލިބޭއިރު އެ މުބާރާތުގައި ބައިވެރިވި ވި ދެމީހަކު މަސް ބަރު ކުރަން މަކަރު ހަދާ އޮޅުވާލި މައްސަލައެއް ފެންމަތިވެ 10 ދުވަހަށް ޖަލަށް ލައިފިއެވެ.

އާންމުވެފައިވާ ވީޑިއޯ އަދި ފޮޓޯތަކުން ފެންނަ ގޮތުގައި އެމީހުން ބޭނި މަސްތައް ފަޅާލައި ބެލި އިރު އޭގެ ތެރެއިން ގިނަ އަދަދެއްގެ ބަރި އާއި މަސް ބުރިބުރި ވަނީ ފެނިފައެވެ. އެމީހުން މިކަން ކުރި ގޮތް އަދި ސާފު ނުވާ އިރު އެމީހުން 10 ދުވަހަށް ޖަލަށް ލުމުގެ އިތުރުން ދޮޅު އަހަރު ޕްރޮބޭޝަންގައި ތިބެން ޖެހޭނެ ކަމަށް ވަނީ ކަނޑައަޅާފައެވެ. އޭގެ އިތުރުން މަސް ބޭނުމަށް އެމީހުންނަށް ދީފައިވާ ލައިސަންސް 3 އަހަރަށް ހިފެހެއްޓުމާއި އެމީހުންގެ ބޯޓުވެސް ހިފެހެއްޓުން ހިމެނެއެވެ. އަދި އެއިން ކޮންމެ މީހަކު ވަނީ 2500 އެމެރިކާ ޑޮލަރުން ޖޫރިމަނަވެސް ކޮށްފައެވެ.

މިހާދިސާ އާ ގުޅިގެން އެމީހުންގެ މައްޗަށް ދައުވާކޮށް ކުރިއަށް ގެންދިޔަ ޝަރީއަތުގައި ގަނޫނީ ވަކީލުން ބުނެފައި ވަނީ އެއީ ވަގުން ކަމަށާއި އެމީހުންގެ ލައިސަންސް އުމުރަށް ހިފަހައްޓަން ޖެހޭ ކަމަށެވެ. އަދި މީގެ ކުރިން ބޭއްވި މުބާރަތާތްކުގައި ވެސް އެމީހުން އެގޮތަށް މަކަރު ހަދާފައި ވާ ކަމަށް ބެލެވޭ ކަމަށް ވެސް އޮހިއޯ ކޯޓުގައި ވަކީލުން ބުނެފައި ވެއެވެ.

އެމީހުން ބޭނި 5 މަސް، އަތުލައި އެމީހުން ބޭރު ކޮށްލި އެ މުބާރާތުގެ 1 ވަނަ އަށް [އެންމެ ބަރުމަސް ބާނާ ޓީމަކަށް] އިނާމެއްގެ ގޮތުގައި 28،760 އެމެރިކާ ދޮލަރު ލިބެއެވެ.