މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު 282،755 މީހުންނަށް ލިބިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެެ.

މިއަދު އާންމުކޮށްފައިވާ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ވަގުތީ ލިސްޓުގައިވާ ގޮތުން މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު 282،755 ލިބިފައިވާއިރު އޭގެތެރޭގައި ހިމެނެނީ 144،408 ފިރިހެނުންނާއި 138،347 އަންހެނުންނެވެ.

ކޮންމެ ރަށެއް ވަކިން ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ވަގުތީ ލިސްޓު އާންމުކޮށްފައިވާއިރު އިލެކްޝަން ކޮމިޝަނުންވަނީ މިއަދުން ފެށިގެން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ. މި މަހުގެ 31 ވާ ބުދަ ދުވަހުގެ މެންދުރުފަހު 02:00 ގެ ނިޔަލަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެއެވެ.

ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޝަކުވާ ފޯމުން ކަމަށާއި ޝަކުވާ ފޯމު އެ ކޮމިޝަނުގެ ވެބްސައިޓުންނާއި ކޮމިޝަނުގެ އިދާރާއިން ލިބެން ހުންނާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެއެވެ. އަދި ޝަކުވާ ހުށަހަޅަންޖެހޭނީ އެ ކޮމިޝަނުގެ އީމއެިލް އެޑްރެސް ފޮނުވައިގެން ކަމަށް ވެސް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހުއެެވެ. 2 ވަަނަ ބުރަކަށް ދާންޖެހިއްޖެނަމަ ދެން ވޯޓުލުން އޮންނާނީ ސެޕްޓެމްބަރު 30 ވަަނަ ދުވަހުއެވެ.