މަސްތުވާތަކެތީގެ ވަބާގެ ތެރެއަށް އަހަރެއްގެ ތެރޭގައި އަލަށް 500 އެއްހާ މީހުން ވަންނަ ކަމަށާއި މިއީ އެކަމަށް ކުރާ މަސައްކަތްތަކަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
ސީޕީ މިހެން ވިދާޅުވީ، ދިވެހި ފުލުހުންގެ ހިދުމަތުގެ 90 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ހުޅުމާލެ ސިންތެޓިކް ޓްރެކްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ސީޕީ ވިދާޅުވީ، އަލަށް ތައާރަފުވާ ތަފާތު ބާވަތްތަކުގެ މަސްތުވާތަކެއްޗާ އެކު ޒުވާނުން އެކަމުގެ ތެރެއަށް ވަންނަ މިންވަރު އިތުރު ކަމަށެވެ. އެގޮތުން އަލަށް 400-500 ދެމެދުގެ އަދަދަކަށް އެކި އުމުރު ފުރައިގެ މީހުން ކޮންމެ އަހަރަކު ވެސް މަސްތުވާތަކެތީގެ ތެރެއަށް ވަންނަމުންދާ ކަމަށް ސީޕީ ވިދާޅުވިއެވެ.
މިކަމަކީ ކަންބޮޑުވާކަމެއްކަން ފާހަގަކުރައްވާ ސިޕީ ހަމީދު ވިދާޅުވީ މިކަންކަން ހައްލުކުރުމަށް ފުލުހުން ހިމެނޭގޮތުން ޖިނާއީ އަދުލުގެ ނިޒާމާއި މި މައްސަލައާ ގުޅުން ހުރި ދައުލަތުގައި ހިމެނޭ ހުރިހާ އިދާރާތަކުން އެއް މިސްރާބަކަށް މަސައްކަތްކުރަން ޖެހޭ ކަމަށެވެ.
މީގެ އިތުރުން މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ފުލުހުންގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ދަށުން މަސްތުވާތަކެތި އަތުލައިގަނެވޭ މިންވަރު އެތައް ގުނައަކުން އިތުރުކޮށްފައިވާ ކަމަށް ވެސް ހަމީދު ފާހަގަކުރެއްވިއެވެ.
ސީޕީ ވިދާޅުވީ، ކުށްކުރާ މީހުން ހައްޔަރުކޮށް، އެމީހުންނަށް ފިޔަވަޅު އެޅުމަކީ ފުލުހުންގެ މައިގަނޑު މަސައްކަތް ނަމަވެސް އެކަށީގެންވާ ވަސީލަތްތައް ނެތުމުގެ ސަބަބުން މީހުން ބަންދުކުރުމުގައި ގޮންޖެހުން ބޮޑު ކަމަށާއި އެ ދަތިކަމާ އެކު ވެސް މީހުން ހައްޔަރުކޮށް، އެމީހުންނަށް ދޭންޖެހޭ އަސާސީ ހިދުމަތްތައް އެންމެ ރަނގަޅަށް ފޯރުކޮށްދެވޭތޯ މަސައްކަތްކުރާ ކަމަށެވެ.
ސީޕީ ވަނީ، ފުލުހުންގެ މަސައްކަތުން ކުށުގެ ވެއްޓަށް ބަދަލުތަކެއް ގެނެފިވައިވީ ނަމަވެސް އަދިވެސް އިތުރަށް ރަނގަޅުކުރަންޖެހޭ ކަންކަން ހުރިކަން ފާހަގަކުރައްވާފައެވެ.
ފާއިތުވި އަހަރު އެކަނިވެސް 13000 އަށް ވުރެ ގިނަ ޖިނާއީ މައްސަލަ ފުލުހުން ތަހުގީގުކުރި ކަން ފާހަގަކުރައްވާ ސީޕީ ވިދާޅުވީ، ކުށްކުރުމާއި އެ ކަމުގެ ބިރުވެރިކަން އެއްކޮށް ނައްތައިލުމަކީ އެއްވެސް މުޖުތަމައެއްގައި ކުރެވޭނެ ކަމެއް ނޫންކަމަށާއި ނަމަވެސް ކުރެވެން އޮތް ކަމަކީ އެ ފަދަ ނުރައްކާތައް ވީހާވެސް މަދުކުރުން ކަމަށެވެ.
ދެން ކަލޯމެން ރައްޔިތުންގެ ޖީބައް އަތްކޮއްޕައިގެން ކައިގެން ބޮއެގެން ތިޔަ ފިނި ކޮޓަރީގައި ތި ތިއްބަވަނީނު. ތަފާސް ހިސާބުނެރޭނެ އެހެން އިދާރާތައްވެސް އެބަހުރި. މިކަން ހައްލުކޮއްދޭނެ ކަމަށް ބުނަނީ އުމަރު އެކަނި. އޭނާގެ އަޖުމަ ބަލާން ދެން ބޭނުމީ