ވިޔަފާރި ކުރާ ތަންތަނުން ވިއްކާ ނުވަތަ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅުން 2 ރުފިޔާގެ ފީ ނަގާ އިރު، ކޮތަޅު ބޮނޑިއަކުން 200 ރުފިޔާ އިތުރުވާ މައްސަލައަށް ހައްލު ލިބިގެން ދާނެ ކަމަށާއި އެ ހައްލު ލިބޭނީ ކުނި މެނޭޖްކުރުމުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހް ފާސްވުމުން ކަމަށް އެންވާރަމަންޓް މިނިސްޓްރީން ބުނެފިއެވެ.
ޕްލާސްޓިކް ކޮތަޅު ވިއްކާ އިރު ކޮތަޅަކުން 2 ރުފިޔާގެ ފީއެއް ނަގަން ފެށުމުން ކޮތަޅު ބޮނޑިއެއް ވިއްކާ އަގު މި ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. 100 ކޮތަޅު ހުންނަ ބޮޑިއަކުން 200 ރުފިޔާ އިތުރިވެފައިވާ އިރު މިކަމާ އާންމުންގެ ޝަކުވާތައް އިތުރުވެ ސަރުކާރަށް ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
މި ކަމާ ގުޅިގެން އެންވާރަމަންޓް މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ކުނި މެނޭޖްކުރުމުގެ ގާނޫނުގެ ބިލު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިރު ޕްލާސްޓިކް ކޮތަޅުން ފީ ނެގުމުން އިސްތިސްނާވާ ހާލަތްތަކުގެ ތެރޭގައި 50 ނުވަތަ އެއަށް ވުރެ ގިނަ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑި ވާނީ ހިމްނާފައި ކަމަށެވެ. ނަމަވެސް އެ ބިލް މަޖިލީހުން ފާސްވެގެން އައި އިރު އެ މާއްދާ ވަނީ އުނިކޮށްފައި ކަމަށެވެ.
އެ މާއްދާ އުނިކޮށްފައި ވީ ނަމަވެސް އެ ބިލަކީ ކުނީގެ ހިދުމަތް ދިނުމަށް މުހިއްމު ބިލަކަށް ވާތީ ސަރުކާރުން ނިންމީ އެ ބިލު ތަސްދީގު ނުކޮށް ފޮނުވާލުމުގެ ބަދަލުގައި އެހެން ހުރި މައްސަލަތަކަށް ހައްލު ހޯދަން ހުށަހަޅަން ޖެހޭ އިސްލާހުތައް ވަކިން ހުށަހެޅުމަށް ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އެ ގޮތުން ޕްލާސްޓިކް ކޮތަޅު ބޮނޑީގެ އަގު ބޮޑު ވި މައްސަލަ ހައްލު ކުރެވޭ ގޮތަށް ވާނީ މިދިޔަ މާޗް މަހު މަޖިޅިަށް އިސްލާހް ހުށަހަޅާފައި ކަމަށް އެންވާރަމަންޓް މިނިސްޓްރީން ބުނެއެވެ. އަދި އެ އިސްލާހް ފާސްވުމުން އެ މައްސަލަލައަށް ހައްލު ލިބިގެން ދާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ޕާލްސްޓިކް ކޮތަޅުން ފީއެއް ނަގަަން ސަރުކާރުން ނިންމީ އެއީ އާންމު ދިރިއުޅުމުގެ ތެރޭޣައި އުފެދޭ ޕްލާސްޓިކް ކުނި މަދުކުރުމަށް ދުނިޔޭގެ ގައުމުތަކުގައި އެންމެ ކާމިޔާބު ކަމާއެކީ އަމަލުކުރާ އެއް ސިޔާސަތު ކަަމަށް ވެފައި، އެ ސިޔާސާތު ރާއްޖޭގައި ތަންފީޒު ކުރުމުން އެ މައްސަލައަށް އެދެވޭ ހައްލެއް ލިބޭނެތީ ކަމަށް އެންވާރަމަންޓް މިނިސްޓްރީން ބުނެއެވެ އަދި ރާއްޖެއަކީ ނާޒުކު ތިމާވެއްތެއް ލިބިފައިވާ އަދި ފަތުރުވެރިކަމުގެ ސިނާއަތަށް މުޅި އިގްތިސޯދު ބިނާވެފަިއވާ ގައުމަކަށްވެފައި ޕްލާސްޓިކުން ވެށި ހިމާޔަތް ކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ގައުމީ މަސައްކަތަކަށް ވާތީ ކަމަށް ވެސް އެންވާރަމަންޓް މިނިސްޓްރީން ބުނެއެވެ.
އެ މިނިސްޓްރީން ބުނީ، ޕްލާސްޓިކް މަދުކުރުމަށް ހިންގާ މިފަދަ ގައުމީ ހަރަކާތްތަކުގައި ވީހާވެސް ގިނަ ފަރާތްތަކުން އެއްބާރުލުން ލިބުމަށް އެދޭ ކަަމަށެވެ. ސިންގަލް ޔޫސް ޕްލާސްޓިކް ކޮަތަޅުގެ ބަދަލުގައި ތިމާވެއްޓާއި ރައްޓެހި ކޮތަޅު ބޭނުން ކުރުމަށް އެ މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ.
"ސިންގަލް ޔޫސް ޕްލާސްޓިކް ކޮަތަޅުގެ ބަދަލުގައި ތިމާވެއްޓާއި ރައްޓެހި ކޮތަޅު ބޭނުން ކުރުމަށް އެ މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ." ވަރަށް ރަނގަޅު ޚިޔާލެއް...ނަމަވެސް ހަނޑޫ ހަކުރު ފުއް ...ރޯމަަސް ގަންނަ ފަރާތްތަކުން 2ރ.ބޮޑުކޮށް ގަނެގެން ސަރުކާރަށް ޓެކްސް ދައްކަންވީތޯ!! ކޮބާތޯ... މިކަމުގައި ހަދާފައިވާ ދިރާސާ އަކީ...