އަމާޒަކީ ރުބެއްލާއާއި ޓީބީ އަދި ލެފްރަސީ ރާއްޖެއިން މުޅިން ފޮހެލުން ކަމަށް ހެލްތް މިނިސްޓްރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ސިއްހަތު ދުވަހާއި ޑަބްލިޔުއެޗްއޯގެ 75 ވަނަ ވަނަ އަހަރީ ދުވަހާ ގުޅިގެން މިނިސްޓަރު ނަސީމް ވިދާޅުވީ ބޮޑެތި ބައެއް ބަލި ތަށް ނައްތާލާ، ވެކްސިންގެ ރައްކާތެރިކަން ކަށަވަރު ކުރެވިއްޖެ ކަމަށާއި މެލޭރިއާ އާ ހިމަބިއްސާ ޕޯލިއޯ އަދި ރުބެއްލާ ފަދަ ބަލިތަކަށް ވެކްސިންގެ ކަވަރޭޖް ލިއްބައި ދެވިފައިވާ ކަމަށެވެ.

ނަސީމް ވިދާޅުވީ ނުރައްކާތެރި ބަލިތައް ރާއްޖޭގައި ފެތުރުން ނިމުމަކަށް ގެނެވިފައި ވީ ނަމަވެސް ހައްލު ހޯދަން ޖެހޭ ކަންކަން އެބަހުރި ކަމަށާއި އަމާޒަކީ 2023 ވަނަ އަހަރު ރުބެއްލާވެސް ރާއްޖެއިން ފޮހެލުމަށާއި 2025 ގެ ނިޔަލަށް ރާއްޖެއިން ޓީބީ ނައްތާލުން ކަމަށެވެ. އަދި ފިޔަވަހި ތަކަކަށް ބަހާލައިގެން ފަހަރަކު ސަރަހައްދަކަށް އަމާޒުކޮށްގެން ލެޕްރަސީ ވެސް މުޅިން ފޮހެލުންމަކީވެސް އަމާޒެއް ކަމަށް ނަސީމް ވިދާޅުވިއެވެ.

ފާއިތުވި 75 އަހަރަކީ އޭގެ ކުރިން ތަހަންމަލު ކުރި ބޮޑެތި ބަލި ތަކާ ބުރަ ތަކްލީފް ތަށް ނިމިގެން ދިޔަ 75 އަހަރު ކަމަށާއި ބަލި ޖެހުމުން އެއް ފަރާތްކޮށް އިންސާނާ އެކަހެރި ކުރުމަކީ ބިމުން މަތީގައި މަރުވަންދެން މީހާ ވަޅުލާފައި ބެހެއްޓުން ކަން ފާހަގަކުރައްވާ މިނިސްޓަރު ނަސީމް ވިދާޅުވީ ކަށިވިދުރިއާއި ލެޕްރަސީއާ ފައިލޭރިއާއި މެލޭރިއާ ފަދަ ބަލިތަކަކީ އިންސާނިއްޔަތުގެ ބޮޑުބިރެއް ކަމަށާއި އެ ބިރުން އަރައިގަނެވިފައި ވުމަކީ ފާއިތުވި 75 އަހަރުގެ ކާމިޔާބީއިން ކަމަށެވެ.

މިނިސްޓަރު ނަސީމް ވިދާޅުވީ ފަހުގެ ތާރީހުގައި އިންސާނިއްޔަތު ތަޖްރިބާ ކުރި އެންމެ ބިރުވެރި ނާދިރު ހާލަތަކީ ކޮވިޑް 19 ކަމަށާއި ކޮވިޑް 19 އަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ލީޑާޝިޕްގެ ކޮލިޓީ ރާއްޖެއަށާ މުޅި ދުނިޔެއަށް ފެނުނު ކަމެއް ކަމަށެވެ.

ކުރިމަތިވެފައިވާ ދިގު މުއްދަތުގެ ގައިން ގަޔަށް ނާރާ ބަލިތަކުން ރައްކާތެރިވުމަށްޓަކާ އާދަތައް ބަހައްޓަންވާ ގޮތާމެދު ސަމާލުވާންޖެހޭ ކަމަށާއި ކިޔުރޭޓިވްކެއާއަށްވުރެ ޕްރެވެންޓިވް ކެއާރ އަށް ބަރޯސާ" ވާން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއވެެ. އަދި އުއްމީދަކީ ކައިރި މުސްތަގްބަލެއްގައި ޕްރިމަރީ ހެލްތް ކެއާއަށާއި ޕަބްލިކް ހެލްތަށް އިސްކަން ދެވޭ ފުރިހަމަ ނިޒާމެއް ގާއިމުކުރުން ކަމަށެވެ.