މާލެ ސަރަހައްދުގައި ފޯރުކޮށްދޭ ހިދުމަތް ދެމެހެއްޓެނިވި އުސޫލަކުން ކުރިއަށް ގެންދިއުމަށްޓަކައި ކަމަށް ބުނެ ވެމްކޯއިން ދެމުން ގެންދާ ހިދުމަތްތަކުގެ އަގު ބަދަލުކޮށް އަމަލުކުރަން ފަށައިފިއެވެ.
މިބަދަލަށް މިއަދުން ފެށިގެން އަމަލުކުރަމުން ދާއިރު ގޭބިސީތަކުން ކުނި ނަގަމުން އަންނަ ރޭޓް ވަނީ 150ރ ގައި ހިފަހައްޓާފައެވެ. ވިޔަފާރިއާއި ކޮމާޝަލް ތަންތަނަށް ލީޓަރަކަށް 27ރ ގެ މަގުން ނަގަން ނިންމާފައި ވާއިރު ކޯލް އެންޑް ޕިކަޕް ސާވިސްއަށް ޓަނަކަށް 330ރ ނަަގާނެއެވެ.
މީގެ އިތުރުން ޓްރާންސްފާ ސްޓޭޝަނަށް ގެންދާ ކުންޏަށް ޓަނަކަށް 1060ރ އަދި ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ޓަނަކަށް 2660ރ ނަގަން ނިންމާފައި ވާއިރު ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ލީޓަރަކަށް 1.27ރ އަދި ޕްރައިވެޓް ކޮމާޝަލް ކަލެކްޓާސް އަށް ޓަނަކަށް 2660ރ ދެން ނަގާނެ ކަމަށް ވެސް ވެމްކޯއިން ވަނީ ބުނެފައެވެ.
މީގެ އިތުރުން ކުނީގެ ބާވަތްތައް ވަކި ނުކޮށް އުކާލާ ގޭބިސީތަކުން ކޮންމެ ފަހަރަކު އިތުރަށް 1000 ރުފިޔާ ނަގާނެ ކަމަށް ވެސް ވެމްކޯއިން ބުނެއެވެ. 3 ބާވަތެއްގެ ކުނި ބަންދު ކުރަން ޖެހެނީ ވަކިން 3 ކޮތަޅުގައެވެ.
3 ބާވަތުގެ ކުނި:
- ކުނިވާ ޒާތުގެ އަދި އަމިއްލައަށް ފަނާވާ ޒާތުގެ ކުނި
- ޕްލާސްޓިކް ފުޅި
- އެހެނިހެން ބާވަތްތަކުގެ ކުނި
ފުރަމާލެ ސަރަހައްދު ނޫން، މީހުން އުޅޭ ރަށްރަށާއި ސިނާއީ ރަށްރަށާއި ރިސޯޓްތަކުން ކުނި ވަކިކޮށްފައި ބަންދު ކުރަން ޖެހޭނީ:
- ކުނިވާ ޒާތުގެ އަދި އަމިއްލައަށް ފަނާވާ ޒާތުގެ ކުނި
- ޕްލާސްޓިކް ފުޅިމައުދަނާއި ބިއްލޫރީގެ ބާވަތްތައްއަދި އެހެނިހެން ބާވަތްތަކުގެ ކުނި
މި ބާވަތްތަކުގެ ކުނި ބަންދު ކުރާ އިރު އެއް ކުންްޏެއްގެ ބާވަތް އަނެއް ކުންޏާ އެއް ނުވާނޭހެން، ވަކި ކޮތަޅުގައި ބަންދު ކުރުމަށް ސަމާލުވުމަށް ވެމްކޯއިން ބުނެއެވެ. މީގެ އިތުރުން، ދުވަހު ކުނީގެ ގޮތުގައި ނުހިމެނޭ ބަރު އަދި ބޮޑެތި ކުނި އުކާލުމަށް ވެމްކޯގެ ކޯލް އެންޑް ޕިކަޕް (CAPS) ހިދުމަތް، ނުވަތަ ކުލީ ޕިކަޕުގައި، އެހެން ކުންޏާ އެއް ނުވާނޭހެން އުކާލުމަށް ވެމްކޯއިން ބުނެއެވެ.