ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް (އެޗްޑީސީ)ގެ ޗެއާމަންގެ މަގާމުން ސ. ހުޅުދޫ، ރިވާސައިޑް އަހްމަދު ނާސިފް ވަކިކޮށްފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)އިން ބުނީ ނާސިފް އެޗްޑީސީއިން ވަކިކޮށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ ޗެއާމަން ކަމުގެ މަގާމަށް އައްޔަނުކޮށްފައިވާ ކަމަށެވެ.

ނާސިފް އެޗްޑީސީގެ ޗެއާމަންގެ މަގާމަށް އައްޔަން ކޮށްފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައެވެ. އޭގެކުރިން ނާސިފް ހުންނެވީ ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ ޗެއާމަންގެ މަގާމުގައެވެ.

މީގެއިތުރުން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނާސިފް ވަނީ ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް (ޓީސީއެލް) އާއި ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަން ވެސް އަދާކުރައްވާފައެވެ.