ތުންފަތް ހިކުމާއި، ފަޅައިގެން ދިޔުމަކީ އާއްމުކޮށް ވަރަށް ގިނަ މީހުންނަށް ކުރިމަތިވާ ކަމެކެވެ. ހާއްސަކޮށް ރޯދަ މަހު މިއީ ދިމާވާ މައްސަލައެލެވެ. ތުންފަތް ހިކިފައި ހުންނައިރު ނިޔަފަތިން ނުވަތަ ދަތުން ކޮށްޓާހެދުމުން ތުންފަތުގެ ހަންކޮޅުކޮޅު ނައްޓައިގެން ގޮސް ތުންފަތަށް ތަދުވާގޮތް ވެއެވެ. ހީލަން މަސައްކަތް ކުރިއަސް ތަދުވެއެވެ. ނޫންނަމަ ތުންފަތުން ލޭ އައުމުގެ މައްސަލަ ވެސް މިކަމުގެ ސަބަބުން ދިމާވެއެވެ.

ތުން ފަތް ހަލާކުވެފައި

ގިނަ މީހުންނަށް ގަބޫލުލުކުރާ ގޮތުގައި ތުންފަތުގައި ކުޅު ހޭކުމުން ތުންފަތް ހިކުމުން ލިބޭގެއްލުން ކުޑަކޮށްދެއެވެ. ނަމަވެސް، ކުޅުގައި ތުންފަތުގެ ހަންގަނޑަށް ގެއްލުން ވެދާނެފަދަ އެސިޑްތައް އެކުލެވޭތީ ތުންފަތް ބޮޑަށް ހިކޭގޮތް މެދުވެރިވެއެވެ.

މިކަމަށް ހައްލެއް ހޯދުމަށް ތުންފަތުގައި ފާޑު ފާޑުގެ ތެޔޮ ހާކާ ތަފާތު ކެމިކަލް ހިމެނޭ ލިޕްބާމް ބޭނުންކޮށް ހެދުމުން ތުންފަތަށް އޭގެ ނޭދެވޭ އަސަރުކޮށް ބައެއް ފަހަރު ތުންފަތް ކަޅުވާގޮތްވެސް ވެއެވެ.

ތުންފަތް ހިކޭ މައްސަލައަށް އެންމެ ބޮޑު ހައްލެއް ލިބިގެން ދަނީ ފެން ބުއިމުންނެވެ. ރޯދަ މަހުގެ ދުވާލު ގަޑީގައި ފެން ނުބޮއުނު ނަމަވެސް ރޯދަ ވީއްލާ ވަގުތާއި ހާރުކެއުމާއި ދެމެދު ރަނގަޅަށް ފެންބުއިމަކީ ވަރަށް މުހިންމު ކަމެކެވެ. ފެން ބުއިމުގެ އިތުރުން މިތަކެތި ބޭނުން ކޮށްގެން މިކަމަށް ހައްލެއް ހޯދިދާނެއެވެ.

ތުންފަތް ހިކޭ މައްސަލައަށް އެންމެ ބޮޑު ހައްލަކީ ފެން ބުއިން

ކާށި ތެޔޮ:

މިއީ ހަންގަނޑަށް ވަރަށް ފައިދާ ކުރާ އެއްޗެއް ކަމަށް ހަމުގެ ތަޖުރިބާކާރުން ބުނެއެވެ. އެގޮތުން ކާށި ތެޔޮލަކީ ހަންގަނޑު އޮމާންކޮށްދީ މަޑުކޮށްދޭ އެއްޗެކެވެ. މިހެންކަމުން ކުރަން ޖެހޭ ކަމަކީ ކޮންމެ ދުވަހަކު ވެސް ދެތިން ފަހަރު ތުންފަތުގައި ކާށިތެޔޮ ކާތަންވީއެވެ.

އެލޯވެރާ:

އެލޯވެރާއަކީ މޮއިސްޗަރައިޒިން ޖެލްއެއް އުފައްދާ އެއްޗެކެވެ. އެލޯވެރާ ބޭނުންކުރުމުން ތުންފަތަށް ތެތްކަން ގެނެސްދެއެވެ. ތުންފަތް ކުޑަކޮށް ފަޅައިގެން ގޮސްފައި ހުންނަނަމަ އެލޯވެރާ ބޭނުން ކުރުމުން އަވަހަށް ފަރުވާ ލިބިގެންދެއެވެ. މިއީ ފަސޭހައިން ގޭގައި ހެއްދޭ ބާވަތަކަށް ވާއިރު، އަބަދުވެސް ފަސޭހައިން ލިބޭ ހިސާބުގައި އެލޯވެރާ ބެހެއްޓުން ރަނގަޅެވެ. ނޫންނަމަ ވިއްކަން ހުންނަ އެލޯވެރާ ޖެލްއަކީވެސް ބެނުން ކުރެވިދާނެ އެއްޗެކެވެ.

އެލޯވެރާ

މާމުއި:

މާމުޔަކީ ގިނަ އަދަދަކަށް ގުދުރަތީ ވިޓަމިންސް އަދި މިނެރަލްސް ހިމެނޭ އެއްޗެކެވެ. އޭގެ އިތުރުން އެންޓި-ބެކްޓީރިއަލް މާއްދާ، ވެސް މާމުއީގައި ހިމެނެއެވެ. އޭގެ ސަބަބުން ހަންގަނޑު އުޖާލާވެ މަޑުވެ ހަމުގެ ކުލަ އަލި ކޮށްދެއެވެ. މިހެންކަމުން މިއީ ތުންފަތް ހަލާކުވާ މައްސަލައަށް ވެސް ބޭނުންކުރާ އެއްޗެކެވެ.

މާމުއި

ޝުގާ ސްކްރަބް:

ތުންފަތަށް ބޭނުންވާ ތެތްކަމާއި ތާޒާކަން ފަހަރެއްގައި ނައިސްގެން ތިއުޅޭ އެންމެ ބޮޑު އެއްސަބަބަކީ ތުންފަތުގައި ތިހިރަ ޑެޑް ސެލްސްތަަކަށްވުން އެކަށީގެންވެއެވެ. އެހެންކަމަށް ވާނަމަ މިއީ އަމިއްލަ އަށް ގޭގައި ތިބެގެން ތައްޔާރު ކުރެވިދާނެ ފަސޭހަ އެކްސްފޯލިއޭޓާ އެކެވެ.

ސްގާ ސްކްރަބް އުނގުޅަނީ

މިގޮތުން ޝުގާ ސްކްރަބްއެއް ތައްޔާރުކޮށްލުމަށް 1 މޭޒުމަތީ ސަމްސާއަށް ހަކުރަށް ހަމަ އެވަރުގެ ކާށިތެޔޮ ކޮޅެއް ނޫނީ މާމުއި ކޮޅެއް އާޅާ ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު އިނގިލީގެ ކޮޅުން ތުންފަތުގައި ތުނި ފަށަލައެއްހެން ހާކާލާށެވެ. އެއަށްފަހު 1 މިނިޓް ވަންދެން ވަށްބުރުތަކެއް ހެން އިނިގިލިން ހާކާލާށެވެ. ދެން ތުންފަތުގައި ގިނަވެފައި ހުރި ސްކްރަބްކޮޅު ފޮހެލާފައި ކާށިތެޔޮ ނުވަތަ ޕެޓްރޯލިއަމް ޖެލީކޮޅެއް ހާކާލާށެވެ.