ޓްރާންސެކްޝަނަލް އުސޫލުން ވޯޓު ހޯދަން އުޅުމަކީ ނާކާމިޔާބުގެ އަސްލުކަން ފާހަގަކުރައްވާ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ނުސީދާކޮށް ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައި ވަނީ މިއަހަރު ބާއްވަން ނިންމާފައިވާ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާދަކުރައްވާއިރު ސަރުކާރުން އިތުރު ވަޒީފާތައް އުފައްދާ ކަމުގެ ތުހުމަތު ކުރަމުން ގެންދާ ދަނޑިވަޅެއްގައެވެ.

ރައީސް ނަޝީދު ވިދާޅުވީ ސިޔާސީ ޕާޓީތަކުން ރިޔާސީ އިންތިހާބަށް ކުރާ ދަތުރުގައި ތަންފީޒު ކުރުމަށް ވައުދުވާ ސިޔާސަތުތައް އެކުލަވާލުމަކީ އެންމެ މުހިއްމު އެއް ކަންތައް ކަމަށެވެ. އަދި ޓްރާންސެކްޝަނަލް އުސޫލުން ވޯޓު ހޯދަން އުޅުމަކީ ވޯޓު ގަންނަން އުޅުން ކަމަށާއި އެމަނިކުފާނު ދެކެވަޑައިގަންނަވަނީ އެއީ ނާކާމިޔާބުގެ އަސްލު ކަމަށެވެ.

މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި އެމްޑީޕީ އިން ބޭއްވި އެ ޕާޓީގެ ރިޔާސީ ޕްރައިމަރީއަށް ފަހު އެ ޕާޓީގެ ތެރެއިން ފިކުރެއްގެ ދިރުމުގެ ނަމުގައި ގޮތްޕެއް ހެދުމުގެ މަސައްކަތް ރައީސް ނަޝީދު ކުރައްވަމުން ގެންދަވާއިރު އެ ގޮތްޕާއި ޖޭޕީ ގުޅިގެން ސިޔާސީ މަސައްކަތް ކުރުމަށް ދަނީ މަޝްވަރާ ކުރަމުންނެވެ.

އެގޮތުން ޖޭޕީއާއި ފިކުރެއްގެ ދިރުމުގެ މެނިފެސްޓޯއެއް އެކުލަވާލުމާ ހިސާބަށް އެ މަޝްވަރާތަށް ވަނީ ގެންގޮސްފައެވެ.