ޑިޖިޓަލް އައިޑީކާޑާއި އަދި ސަރުކާރުން ހޯދާ ހިދުމަތްތައް ފަސޭހަކަމާއެކު ރައްޔިތުނަށް ލިބޭނެ ގޮތަށް ތައާރަފްކުރާ ވަން-ގަވް ހިދުމަތް އަންނަ މަހު ލޯންޗު ކުރަން ނިންމާފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.
ރައްޔިތުން މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، ހިދުމަތްތައް ބޭނުން ކުރުމުގައި ތަކުރާރުކޮށް އައިޑީކާޑާއި އެކި ލިޔުންތަކުގެ ކޮޕީ ސަރުކާރަށް ހުށަހަޅަން ޖެހުމަކީ ރައްޔިތުންނަށް އޮތް ވަރަށް ބޮޑު ތަކުލީފެއް ކަމަށާއި ހިދުމަތް ލަސްވެ، އޮޅުންބޮޅުންވެ، އެކަމެއްގާ ތާށިވެ ރައްޔިތުން ތިބެން ދެން ނުޖެހޭނެ ކަމަށެވެ.
އެކަން ބަދަލު ކުރުމަށް އަންނަ މާޗު މަހު ޑިޖިޓަލް އައިޑީ ލޯންޗް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ހަމައެއާއެކު ހިދުމަތް ލިބުމުގާ ރައްޔިތުންނަށް އޮތް އަނެއް ތަކުލީފަކީ ކިޔުގާ ޖެހުމާއި، ފޯނު ނުނެގުމާއި، ޖަވާބެއް ނުލިބުމުގެ މައްސަލަ ކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. އެކަމަށް ހައްލު ހޯދައިދިނުމަށް ވަން-ގަވް ނަމުގައި ތައާރަފްކުރާ ހިދުމަތަކީ ސަރުކާރުން މިކަމަށް ގެނެސްދޭ ޒަމާނީ ހައްލު ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. މި ހިދުމަތް ވެސް އަންމަ މާޗް މަހު ލޯންޗުކުރަން ހަމަޖހެިފައިވާ ކަަމށް ރައީސް ވިދާޅުވިއެވެ.
އޭގެ ސަބަބުން ފުރަތަމަ ވެސް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި މިނިސްޓްރީ އޮފް ޓޫރިޒަމާއި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރާއި ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ އިތުރުން ފުވައްމުލަކު ސިޓީ ކައުންސިލުން ދޭ ހިދުމަތް މުޅިން އޮންލައިން ވާނެ ކަަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރަށް މާލެ، އައްޑޫ އަދި ފުވައްމުލަކުގައި ފިޒިކަލް އެކްސްޕީރިއަންސް ސެންޓަރުތަކެއް ގާއިމް ކުރާނެ ކަމަށާއި އެތަނުން އޮންލައިންކޮށް ހިދުމަތް ލިބިގަންނަން ދަތި ރައްޔިތުންނަށް ހިދުމަތްދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ، މި ހިދުމަތްތައް ތައާރަފްވުމާ އެކީ މުލީ ރާއްޖެ ޑިޖިޓަލް ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އައިޑީ ކާޑު ޑިޖިޓަލް ކުރަން ސަރުކާރުން ނިންމާ އަންނަ މަހު ލޯންޗުކުރަން ނިންމާފައި ވާ އިރު، އިއްޔެ ވަނީ އެއްގަމު އުޅަނދުފަހަރު ދުއްވުމަށް ބޭނުންކުރާ ލައިސަންސް ޑިޖިޓަލް ކުރުމަށް ފަހު ޑިޖިޓަލް ލައިސަންސް ދޫކުރަން ފަށާފައެވެ. ހަަމައެއާއެކު ދާދި ފަހުން ވަނީ ނެޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އިން ފޭސް ރިކޮގްނިޝަން ޓެކްނޮލޮޖީގެ އެހީގައި އީފާސް ވެރިފައި ކުރެވޭ ގޮތް ވެސް ހަމަޖައްސާފައެވެ.
ސިޓީއުރަ ލިބޭ ނޫސްތަކުން ރައްޔިތުން ވާވައްދަން އުޅުނަސް އެކަމެއް ނުވާނެ. ވޭތިވެދިޔަ ތިންހަތަރު އަހަރު ދިވެހިރާއްޖެ މިއޮތީ ހުރިހާ ރޮނގަކުންވެސް އަހަރުތަކެއް ފަހަތަށް ގޮއްސަ. ރައްޔިތުންގެ ޖީބުން ފޭރިގެން ސަރުކާރު ހިންގަނީ، ތަކެތީގެ އަގު ހުރީ އަތްނުފޯރާ ފަށުގައި. މަސްތުވާތަކެތި ޢާއްމުވެ މަގުމަތީގައި ފާޅުގައި ޑްރަގް ވިއްކުމާ ބޭނުން ކުރަނީ. މިހެންވީމާ ތިޔަކަހަލަ ގުއިރޯނު ގައި ރައްޔިތުން ޖައްސަން ނޫޅުން ރަގަޅުވާނީ.