އިންތިހާބުގެ ނަތީޖާ ސައްހަވާނެކަން ޔަގީން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒު މިފަދައިން ވިދާޅުވީ ވޯޓުލާން ވަޑައިގެން "ދަ ޕްރެސް" ގެ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ފައްޔާޒު ވިދާޅުވީ އިންތިހާބު ދަނީ ވަރަށް ރަނގަޅަށް، ވާދަވެރިކަމާއެކު ކަމަށާއި ނަތީޖާއާ މެދު އެއްވެސް މައްސަލައެއް ނޯންނާނެ ކަމަށެވެ. އަދި ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތުން އިންތިހާބު އިންތިހާބު އިންސާފުވެރިނުވާނެ ކަމަށާއި އިންތިހާބު ގަޑުބަޑުކުރަން އުޅޭ ކަމަށް ތުހުމަތުކުރައްވާ ކަމަށް ފައްޒާރު ވިދާޅުވިއެވެ. އަދި އެ ވާހަކަތަކަކީ އަބަދުވެސް ދައްކާ ވާހަކަތަކެއްގެ ގޮތުގައި ފައްޔާޒު ފާހަގަކުރެއްވިއެވެ.

ފައްޒާރު ވަނީ ފާޓީގެ ފަރާތުން އިންތިހާބުގެ ކަންކަން "ބަރާބަރަށް" ގެންދަވާނެ ކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑުމެން ޕާޓީގެ ފަރާތުން ބަރާބަރަށް ގެންދާނަން. ބަޔަކު އައިސް ވޯޓު ފޮށިތައް ފަޅާލާ. އެކަހަލަ ކަމެއް ނުހިފެހެއްޓޭނެ. އެހެން ވެއްޖެޔާ ފުލުހުންނާ އަޅުގަނޑުމެން ހަވާލުކުރާނީ"
ފައްޔާޒު

ފައްޔާޒު އިތުރަށް ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަން ހުރިހާ ބޭފުޅުންނަށްވެސް ސާފުކޮށް ފެންނާނެ ކަމަށެވެ.

ފައްޔާޒު މިފަދައިން ވިދާޅުވެފައިވާއިރު ރައީސް ވެސް ވަނީ އެމްޑީޕީގެ ވޯޓު އޮޅުވާލާނެ ކަމަށް ވާދަވެރި ކެންޑިޑޭޓް، ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕޭން ޓީމުން ކުރާ ތުހުމަތުތައް ދޮގުކުރައްވާ، އެމްޑީޕީގެ އިންތިހާބެއްގައި އެފަދަ އަމަލެއް ނުހިންގާނެ ކަަމަށާއި މިހާތަނަށް ބާއްވާފައިވާ އެއްވެސް އިންތިހާބުތަކުގައި ވެސް އެފަދަ ކަމެއް ނުހިނގާ ކަމަށް ވިދާޅުވެފައެވެ.