ދިވެހި ބަހުގެ އެކެޑަމީއިން ކުރިއަށް ގެންދިޔަ މަޒުމޫނު ލިޔުމުގެ 37 ވަނަ ގައުމީ މުބާރާތް، ކުރުވާހަކަ ލިޔުމުގެ 34 ވަނަ ގައުމީ މުބާރާތް އަދި ޅެން ހެދުމުގެ 25 ވަނަ ގައުމީ މުބާރާތް ނިންމާލައިފިއެވެ. 1200 އަށްވުރެ ގިނަ ދަރިވަރުން ބައިވެރި ވި މި މުބާރާތްތަކުގައި މާލެއާއި އަތޮޅު ތެރޭގެ އެކި ސްކޫލްތަކުން ބައިވެރިވިއެވެ.
3 މުބާރާތުގައި ވެސް ދަށު ސާނަވީ، ސާނަވީ އަދި މަތީ ސާނަވީ ގިންތިން 1 ވަނަ 2 ވަނަ އަދި 3 ވަނަ ހޮވާފައި ވެއެވެ.
އުސްތާޒް މުހައްމަދު ޖަމީލް ދީދީގެ ވާދައިގެ ތަށްޓަށް ބޭއްވި މަޒުމޫނު ލިޔުމުގެ 37 ވަނަ ގައުމީ މުބާރާތުގެ 1 ވަނަ ސްކޫލަކަށް ދަށު ސާނަވީ ގިންތިން ޝައިހް އިބްރާހިމް ސްކޫލް ހޮވުނުއިރު ސާނަވީ ގިންތިން ހޮވިފައި ވަނީ ޖަމާލުއްދީން ސްކޫލްއެވެ. އަދި މަތީ ސާނަވީ ގިންތިއިން ހޮވިފައި ވަނީ އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްއެވެ.
ޝައިހް މަލިމް މޫސާ މާފަތްކިލޭގެފާނު ވާދައިގެ ތަށްޓަށް ބޭއްވި ކުރުވާހަކަ ލިޔުމުގެ 34 ވަނަ ގައުމީ މުބާރާތުގެ 1 ވަނަ ސްކޫލަކަށް ދަށު ސާނަވީ ގިންތިން ހޮވިފައި ވަނީ އަލްމަދަރުސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާއެވެ. ސާނަވީ ގިންތިން ހއ އިހަވަންދޫ ސްކޫލް އަދި މަތީ ސާނަވީ ގިންތިން ސެންޓާ ފޯ ހަޔާ ސެކަންޑަރީ އެޑިޔުކޭޝަންއެވެ.
ހުތްއަލީދީދީގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ ޅެންހެދުމުގެ 25 ވަނަ ގައުމީ މުބާރާތުގެ 1 ވަނަ ސްކޫލަކަށް ދަށު ސާނަވީ ގިންތިއާއި ސާނަވީ ގިންތިން ހޮވިފައި ވަނީ ޖަމާލުއްދީން ސްކޫލްއެވެ. އަދި މަތީ ސާނަވީ ގިންތިން އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްއެވެ.
ދިވެހި ބަހުގެ އެކަޑަމީއިން ބުނެފައި ވަނީ 3 މުބާރާތަކީ ވެސް ސްކޫލު ދަރިވަރުންނަށްޓަކައި ފުޅާ ދާއިރާއެއްގައި ހިންގުނު މުބާރާތްތަކެއް ކަމުގައެވެ.