ދަ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އެއް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ގައުމީ ކަބްރެލީ އަދި ޕްރީކަބް މީޓް ހުޅުމާލޭގައި ފަށައިފިއެވެ.

މިއަދު ހެނދުނު 9:00 އިން ފެށިގެން 18:00 އަށް ކުރިއަށްދާ މި އިވެންޓްގައި މާލެ އާއި އަތޮޅުތެރެއިން 1300 އަށްވުރެ ގިނަ ސްކައުޓުންނާއި ލީޑަރުން ވަނީ ބައިވެރި ވެފައެވެ. މީގެ އިތުރުން މި ހަރަކާތުގައި ސްކައުޓް އެސޯސިއޭޝަންގެ 05 އަހަރާއި 8 އަހަރާ ދެމެދުގެ ބައިވެރިންގެ އިތުރުން ޕްރީކަބް ސެކްޝަންގެ 08 އަހަރާއި 12 އަހަރާ ދެމެދުގެ މެންބަރުން ވަނީ ބައިވެރި ވެފައެވެ.

ސްކައުޓް އެސޯސިއޭޝަން އާއި ޕްރީކަބް ސެކްޝަންގެ މެންބަރުންގެ ހުނަރު ތަރައްގީ ކުރުމަށް ކުރިއަށް ގެންދާ މި އިވެންޓްގައި ފިޒިކަލް ޗެލެންޖިން ހަރަކާތްތަކާއި އަދި ތަފާތު މައުލޫމާތާއި ހުނަރު ލިބިގެންދާ ގިނަ ކަންތައްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ސްކައުޓް އެސޯސިއޭޝަނުން ބުނީ މި ހްރަކާތް ކުރިއަށް ގެންދިއުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ އިތުރުން 17 މުވައްސަސާއެއްގެ އެހީތެރިކަން ލިބިފައި ވާކަމަށެވެ. މީގެ އިތުރުން މަދަނީ ޖަމިއްޔާތަކާއި ސަރުކާރުގެ މުއައްސަސާތަކާ އަދި ރާއްޖޭގެ އެކި ސްކައުޓް ގުރޫޕްތައް ވެސް ހިމެނޭކަމަށް އެ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.

މީގެ އިތުރުން މި ކްބަލަރީގައި ރ. މަޑުއްވަރީ ބ. އޭދަފުށި، ކ. މާފުށި، އަދި ގުޅީގެ އިތުރުން ވ. ފެލިދޫ ސްކައުޓް ގުރޫފްތަކުން ވަނީ ބައިވެރި ވެފައެވެ.