ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އެއް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ގައުމީ ކަބްރެލީ އަދި ޕްރީކަބް މީޓް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ހުޅުމާލޭގައި އިއްޔެ ބެއްވި މި އިވެންޓްގައި 24 ސްކޫލަކުން 1300 އަށް ވުރެ ގިނަ މެމްބަރުން ބައިވެރިވެފައި ވާއިރު އޭގެތެރޭގައި ހިމެނެނީ ސްކައުޓުންނާއި، ލީޑަރުންގެ އިތުރުން ސްކައުޓް އެސޯސިއޭޝަންގެ 5 އަހަރާއި 8 އަހަރާ ދެމެދުގެ ޕްރީކަބް ސެކްޝަންގެ މެންބަރުންނެވެ.

މި އިވެންޓްގައި މައިގަނޑު ގޮތެއްގައި ކުރިއަށް ގެންގޮސްފައި ވަނީ ބައިވެރީންގެ ހުނަރު ތަރައްގީ ކުރުމަށް ކުރިއަށް ގެންދެވުނު އެކި ހަރަކާތްތަކެވެ. އޭގެ އިތުރުން ފިޒިކަލް ޗެލެންޖިން ހަރަކާތްތަކާއި، އަދި ތަފާތު މައުލޫމާތާއި ހުނަރު ލިބިގެންދާ ހަރަކާތްކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް ސްކައުޓް އެސޯސިއޭޝަން ބުންޏެވެ. އެ ގޮތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އާއި ހިއުމަން ރައިޓްސްގެ ފަރާތުން ބައިވެރިންނަށް މުހިންމު މައުލޫމާތު ތަކެއް ހިއްސާ ކުރި ކަމަށް އެ އެސޯސިއޭޝަން އިން ހާމަ ކުރިއެވެ.

ކަބް ރެލީގައި ސްކޫލްތަކުގެ ދަރިވަރުން ބައިވެރި ވަނީ / ފޮޓޯ: ދަ ޕްރެސް

މި ކާމިޔާބު އިވެންޓް ނިންމާލުމުގެ ގޮތުން ބައިވެރިންނަށާއި އިވެންޓް ހިންގުމަށް އެކި ގޮތް ގޮތުން އެހީވެދިން ހުރިހާ ފަރާތްތަކަށް ހަނދާނީ ލިޔުން ވަނީ ދީފައެވެ. އެންމެހާ ބައިވެރިންނަށް ހަނދާނީ ލިޔުންތައް ހަވާލު ކޮށްދީފައި ވަނީ މިހާރު ސްކައުޓް ގްރޫޕްގައި ހިމެނޭ އެންމެ މަތީ ޝަރަފް ހާސިލް ކޮށްފައިވާ ބޭފުޅުންނެވެ.

ކަބް ރެލީގައި ސްކޫލްތަކުގެ ދަރިވަރުން ބައިވެރި ވަނީ / ފޮޓޯ: ދަ ޕްރެސް

މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ އިތުރުން 17 މުއައްސަސާއެއްގެ އެހީތެރިކަން ލިބިފައި ވާކަމަށާއި މީގެ އިތުރުން މަދަނީ ޖަމިއްޔާތަކާއި ސަރުކާރުގެ މުއައްސަސާތަކާ އަދި ރާއްޖޭގެ އެކި ސްކައުޓް ގުރޫޕްތައް ވެސް ހިމެނޭކަމަށް އެ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.

މި ކަބްރެލީގައި ރ. މަޑުއްވަރީ ބ. އޭދަފުށި، ކ. މާފުށި، އަދި ގުޅީގެ އިތުރުން ވ. ފެލިދޫ ސްކައުޓް ގުރޫފްތަކުން ވަނީ ބައިވެރި ވެފައެވެ.