އުމުރުން 22 އަހަރުގެ މާޝާ އަމީނީގެ މަރާއެކު އީރާނުގައި ހިންގަމުން ދާ ހަމަނުޖެހުންތައް ހުއްޖަތަކަށް ދައްކާ އދ ގެ އަންހެނުންގެ ކައުންސިލުން އީރާން ބޭރުކޮށްލައިފިއެވެ.
45 މެންބަރުން ތިބޭ އދ ގެ އިކޮމިނޮކް އެންޑް ސޯޝަލް ކައުންސިލަށް އެމެރިކާއިން ހުށަހައިގެން ތާއީދު ލިބި އީރާން ބޭރުކޮށްލި ކައުންސިލަކީ އަންހެނުން ތަމްސީލު ކުރުމަށް އދ ގައި ހަދާފައި އޮންނަ ކައުންސިލެކެވެ. އީރާން އެ ކައުންސިލްގެ މެންބަރުކަމުން ވަކި ކުރި އިރު، އެ ކައުންސިލްގެ މެންބަރުކަން އީރާނަށް ދިންތާ އަދި ހައެއްކަ މަސް ވެސް ނުވެއެވެ.
8 މެންބަރަކު ދެކޮޅަށް އަދި 16 މެންބަރަކު ވަކި އަތަކަށް ވޯޓު ނުދިން ނަމަވެސް އީރާން ވަކިކުރަން ފާސްވި ހުށަހެޅުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އދ ގައި އިންނަވާ އެެމެރިކާ ސަފީރު ލިންޑާ ތޯމަސް ގްރީންފީލް ވިދާޅުވީ، އެ ކައުންސިލުން އީރާނު ވަކިކުރުމަށް ގޮވާލައި އެތައް ބަޔަކު އެމެރިކާ ސަރުކާރުގައި އެދިފައި ވާ ކަމަށާއި އީރާނުގެ މައްސަލައިގައި އދ އިން ފިޔަވަޅު އަޅައިދޭން އެމީހުން ފޮވާލާކަމަށެވެ.
މި ނިންމުމާ ދެކޮޅު ހަދާ އިހުތިޖާޖުކޮށް ބުނެފައި ވަނީ އެމެރިކާގެ ހުށަހެޅުމަކީވެސް އަދި އެ ނިންމުމަކީވެސް އދ ގެ ގާނޫނުތަކާއި ގަވައިދުތަކާ ހިލާފު ނިންމުމެއް ކަމަށެވެ.
އީރާނުގައި މިހާރު ހިނގަމުންދާ ހަމަނެުޖެހުންތަކުގެ އަސްލަކީ އެމެރިކާ ކަމަށް އީރާނުން ބުނާ އިރު، ހެދުން އެޅުމާ ގުޅޭ ގޮތުން އީރާނުގައ އޮންނަ ގާނޫނާ ހިލާފުވެގެން މީގެ 3 މަސް ކުރިން ހައްޔަރު ކުރި ޒުވާނަކު މަރުވި ހާދިސާ އާ އެކު ދިގުދެމިގެން ދާ މުޒާހަރާތަކެއް އެގައުމުގައި ކުރަމުން ދާތާ އެތައް ދުވަހެއް ވެއްޖެއެވެ. މި މުޒާހަރާޔަކުގައި ފުލުހުންނާއި އާންމުން ކުރިމަތިލައި ހިނގަމުން ދާ ހަމަނުޖެހުން ތަކުގައި މިހާތަނަށް 400 އެއްހާ މީހުން ވަނީ މަރުވެފަައެވެ. އަދި 3000 އެތައް ބަޔަކު ހައްޔަރު ކޮށްފައި ވާ އިރު، މުޒާހަރާގައި ހަމަނުޖެހުން ހިންގާ، ވަޅިން ހަމަލާ ދީ އީރާނުގެ ޕެރަމިލިޓަރީ ސިފައިންގެ ދެމީހަކު މަރާލުމުގެ ކުށް ސާބިތުކޮށް ދެމީހަކު ވަނީ ދަންޖައްސާ މަރާވެސް ލާފައެވެ.