އީރާނާއި އިޒްރޭލުގެ ހަނގުރާމަ އާ ހުރެ ރަޝިއާގެ މޮސްކޯއަށް ދަތުރު ކުރި އީރާނުގެ އާއިލާއެއް އެއާޕޯޓުގައި ހަރަކާތްތެރިވާ މަންޒަރު ސީސީޓީވީން ފެނެއެވެ.
2 އަހަރުގެ ތުއްތު ކުއްޖާ ހުންނަނީ އޭނާ އާ ދާދި އެއް އިސްކޮޅެއްގެ ލަގޭޖެއް (ފޮއްޓެއް) ގެ ކައިރީގައި އޭގެ އަތްގަނޑުގައި ހިފައިގެންނެވެ. އޭރު އޭނާގެ މައިންބަފައިން ތިބީ ކައުންޓަރު ކައިރިއަށް ގޮހެވެ. އެ ތުއްތު ކުއްޖާ ހުރިތަނާއި ކައުންޓަރާ ދެމެދު 10 ވަރަކަށް ފޫޓު ހުންނާނެއެވެ.
ސީސީޓީވީ ފްޓޭޖުން ފެންނަ ގޮތުން, އެ ކުއްޖާގެ މައިންބަފައިން ކައުންޓަރު ކައިރީގައި ހުންނަ ވަގުތު, ފަރާތްފަރާތަށް ނަޒަރު ހިންގަމުން އެ ކުއްޖާގެ ގާތަށް ބޮޑޫ ފިރިހެނަކު ލެފިލައެވެ.
ކުއްލިއަކަށް ކުއްޖާގެ ދެފައިގައި ހިފާ ނަގާ އޭނާގެ ބޯމަތިން އަނެއް ފަރާތުން ތަޅުންގަނޑުގައި ބާރަށް ޖަހައެވެ. 'ބުޅަލެއް ނަގާ ޖެހީއޭ' ބުނެ އުޅޭގޮތަށް އެ މަންޒަރު ބަޔަކަށް ސިފަވި ނަމަވެސް ތަޅުންމަތީގައި ޖެހުމާއެކު އެ ތުއްތު ކުއްޖާގެ ހަރާކާތް ހުއްޓުނެވެ.
އެ ވަގުތު އޭނާ އަވަސް އަވަހަށް ލޯ މައްޗަށް އައިނު ވައްޓާލައި މޮޔަގޮތް ދައްކާ ކުއްޖާ ވެއްޓިފައި އޮތް ތަނާ ކައިރީގައި އެނބުރެއެވެ.
ކުއްޖާގެ ބައްޕަ ދުވެފައި ގޮސް ކުއްޖާ ނަގާ އަތްދަނޑިމައްޗަށް ލައިގެން ކުއްޖާގެ މަންމަގެ ގާތަށް ޖެހިލާއިރު ކުއްޖާ އޮންނަނީ ބައްޕަގެ އަތްދަނޑި މައްޗަށް ދެމިފައެވެ.
ހަމަ އެވަގުތު އެ ނުލަފާ ޔަހޫދީ ކަލޭގެ (ހައްދުފަހަނަ އެޅި މީހާ) ކުއްޖާ ޖެހި ތާނގައި އިށީނދެ ކޭތިގަނެއެވެ.
ފުލުހުން އޭނާ ހައްޔަރު ކޮށްގެން ގެންދިޔަ އިރު އޭނާ އަކީ ބެލަރޫސް އަށް ނިސްބަތްވާ އުމުރުން 31 އަހަރުގެ ހައްދުފަހަނައަޅާފައިވާ މީހެއް ކަމަށާއި އޭނާ ވެސް ގޮސް ހުރީ މޮސްކޯއަށް އެތެރެވާން ކަމަށް ހަބަރުތަކުން ބުނެއެވެ.
ކުއްޖާގެ ހާލަތާ ބެހޭގޮތުން މިހާރު ލިބެމުން ދާ ހަބަރުތައް ބުނާގޮތުން ތަޅުން މަތީގައި ކުއްޖާ ޖެހުމުގެ ސަބަބުން ބޮލުގެ ނާށިގަނޑު ފަޅައިގެން ދިޔުމުގެ އިތުރުން މައިބަދައިގައި ވަނީ ރެނދުވެސް ލައިފައެވެ. އަދި މިވަގުތު ކުއްޖާ އޮތީ ކޯމާއެއްގައި ކަމަށާއި މަރާ ހަނގުރާމަ ކުރަމުން ދާ ކަމަށް ބުނެއެވެ.