ވޯނާ ބްރޮސްގެ ޑީސީ ކޮމިކް ފިލްމު "ވޮންޑާ ވުމަން"ގެ ތިން ވަނަ ބައި ކެންސަލް ކޮށްފި ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ކާމިޔާބު ދެ ބައެއް އާންމުންނާ ހަމައަށް ގެނެސްދިން މި ފިލްމުގެ ތިން ވަނަ ބައި ކެންސަލް ސްކްރިޕްޓްގެ މަސައްކަތްވެސް އެއްކޮށް ނިމިފައި ވަނިކޮށް ކެންސަލް ކުރި ސަބަބެއް ހާމައެއް ނުކުރެއެވެ. ވޯނާ ބްރޮސްއަށް ގެނައި ބަދަލުތަކަކާއެކު މި ކުންފުނިން އުފައްދުމަށް ހަމަޖެހިފައިވާ ބޮޑެތި ފިލްމުތައް ކެންސަލް ކޮށްފައި ވެއެވެ. މި ފިލްމު ކެންސަލް ކުރުމާއެކު ފޭނުން ވަރަށް ބޮޑަށް އަންނަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކޮށްފައެވެ.

ވޮންޑާ ވުމަންގެ ކާމިޔާބު ދެ ބައެއް މިހާތަނަށް ގެނެސްދީފައި ވާއިރު ފިލްމު ދަންމާލަން ގަސްތުކޮށް އިއުލާން ކުރަމުން މީގެ ކުރިން ވޯނާ ބްރޮސް އިން ބުނީ އެ ކެރެކްޓާ އާންމުން ބަލައިގެންފި ކަމަށާއި އެ ދެ ފިލްމުވެސް އާންމުންނަށް ވަރަށް ކަމުގޮއްސި ކަމަށެވެ. ވޮންޑާ ވުމަންގެ ދެ ފިލްމަށް ބޮޑު ކާމިޔާބީއެއް ލިބުމާއެކު މި ފިލްމުގެ ތިން ވަނަ ބައި ވެސް ގެނެސްދޭން އޭރު ނިންމި އެވެ.

"ވޮންޑާ ވުމަން" ގެ ރޯލު ކުޅެނީ ބަތަލާ ގަލް ގެޑޯއެވެ. މި ފިލްމުގެ ފުރަތަމަ ބައެއް އާންމުންނާ ހަމައަށް އައީ 2017 ވަނަ އަހަރުގައެވެ. އޭގެ ފަހުން ފިލްމުގެ ދެވަނަ ބައެއް 2020 ވަނަ އަހަރު ވަނީ ގެނެސްދީފައެވެ.