މަޝްހޫރު ވިޔަފާރިވެރިޔާ ޗަންޕާ މުހައްމަދު މޫސާ (އުއްޗު)ގެ 76 ވަނަ އުފަން ދުވަސް ފާހަގަ ކުރުމަށް އިންޑިއާގެ ލަވަކިތުންތެރިޔާ މުހައްމަދު ފާއިޒް ރާއްޖެ އަންނާނެ ކަން އިއުލާނު ކޮށްފިއެވެ.

އުއްޗުގެ މިއަހަރުގެ އުފަން ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ހަރަކާތްތަކަށް ގެންނަން ނިންމާފައި ވަނީ ސޮނީ ޓީވީން މި އަހަރު ގެނެސްދިން އެ ޗެނެލްގެ "ސުޕަސްޓާ ސިންގާ" ސީޒަން ދޭއް ކާމިޔާބުކުރި އުމުރުން 15 އަހަރުގެ މުހައްމަދު ފައިޒެވެ.

މަޝްހޫރު ވިޔަފާރިވެރިޔާ އުއްޗުގެ އުފަން ދުވަސް ފާހަގަކުރަން ފައިޒް ގެންނަން ނިންމާފައިވާއިރު މިދިޔަ އަހަރު އޭނާގެ އުފަން ދުވަހުގެ ހަފުލާގައި ސްރީ ލަންކާގެ ކުރީގެ ޔޫތު މިނިސްޓަރު ނަމާލް ރާޖަަޕަކްސާ އާއި ރާއްޖޭގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވެސް ބައިވެރިވެވަޑައިގަތެވެ.

މުހައްމަދު ފާއިޒް ރާއްޖެ އަންނާނެ ކަން އިއުލާނުކޮށް މިހާރު މީސް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއެއްގައި އޭނާ ބުނެފައި ވަނީ ޑިސެމްބަރު 26 ވަނަ ދުވަހު އުއްޗުގެ އުފަން ދުވަސް ފާހަގަ ކުރުމަށް ބާއްވާ ހަފްލާގައި އޭނާ ޕާފޯމް ކުރާނެ ކަމަށާއި ދައުވަތު ދެއްވީތީ އުފާވާ ކަމަށެވެ. އަދި އޭނާ ޕާފޯމް ކުރާނީ އިރުވެލި ރިސޯޓްގައި ކަމަށް ވެސް ވަނީ ބުނެފައެވެ.

މިދިޔަ މަހު ބައިސްކޯފުން އިންތިޒާމުކޮށްގެން ހުޅުމާލޭގައި ބޭއްވި "ޗަނާޗާ" ޝޯ އަށް އައި ސްރީ ލަންކާގެ ލަވަކިޔުންތެރިޔާ ޔޮހާނީއާ ވެސް ވަނީ ޗަމްޕާގެ ދައުވަތަކަށް ކުރެއްދޫ އައިލެންޑަށް ގޮސް ޕާފޯމްކޮށްފައެވެ.