މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިފަހުން ގެޒެޓްކޮށް އަމަލުކުރަން ފަށާފައިވާ ބޭރު ފައިސާގެ މުއާމަލާތްތައް ކުރުމުގެ ގަވައިދާ އެއްގޮތަށް ޑޮލަރު މާރު ކުރުމަކީ ކުރެވޭނެ ކަމެއް ނޫންކަން ފާހަގަކޮށް އެ ގަވައިދު އުވާލަން ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު)ގެ ވިޔަފާރިތަކުން ސަރުކާރަށް ގޮވާލައިިއެވެ.
އުއްޗުގެ ރިސޯޓްތައް ހިންގާ ތިން ކުންފުނި ކަމަށްވާ ޗަމްޕާލާސް ހޯލްޑިންގްސް، ކޮމަންޑޫ ހޯލްޑިންގްސް އަދި ކުރެއްދޫ ހޯލްޑިންގްސްއިން އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރަށް އެޑްރެސްކޮށް އިއްޔެ ސިޓީއެއް ފޮނުވާފައިވާއިރު، އެ ސިޓީގައި ވަނީ އެމްއެމްއޭގެ އާ ގަވައިދަކީ ބޭރު ފައިސާގެ މުއާމަލާތްތައް ކުރުމުގެ ގަވައިދަކީ ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކަށް ވަރަށް ބޮޑު ގޮންޖެހުމެއް އަދި ބޭއިންސާފެއް ކަމަށެވެ.
އެމްއެމްއޭއިން ކަނޑައަޅާފައިވާ އާ ގަވައިދުގައި ވާގޮތަށް ކޮންމެ ރިސޯޓަކަށް އަންނަ ޓޫރިސްޓެއްގެ ބޮލަށް 500 ޑޮލަރު މާރުކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި، އެކަމުގެ ސަބަބުން ރިސޯޓްތަކަށް ލިބޭ އާމްދަނީއަށް ވުރެ އިތުރަށް ހަރަދުކުރަން ޖެހޭނެކަމަށް އެ ސިޓީގައި ވަނީ ބުނެފައެވެ.
މީގެއިތުރުން މި ކަމުގެ ސަބަބުން ރިސޯޓްތަކަށް މާލީ ގެއްލުމާ ކުރިމަތިލާން ޖެހިދާނެ ކަމަށް ވެސް ސިޓީގައި ބުނެފައިވެއެވެ. މިކަމުގެ ސަބަބުން ރިސޯޓުތަކުން އެ ގެއްލުން ކުޑަކުރަން މުވައްޒަފުންނަށް ދޭ ބައެއް އިނާޔަތްތައް ކުޑަކުރުން ފަދަ ކަންކަން ކުރަން ޖެހިދާނެ ކަމަށާއި، އެކަމުގެ ސަބަބުން އޭގެ ނޭދެވޭ އަސަރުތައް މުޅި އިގްތިސާދަށް ކުރާނެ ކަމަށް ވަނީ ބުނެފައެވެ.
އެހެންކަމުން އެ ސިޓީގައި އެ ގަވައިދަށް އަމަލުކުރުން މިހާރުން މިހާރަށް ހުއްޓާލުމަށް އަދި ރާއްޖޭގެ އިގްތިސާދަށް ދެމެހެއްޓެނިވި ގޮތެއްގައި ފައިދާހުރި އަސަރުތަކެއް ކުރާނޭ ގޮތަށް ބޭރު ފައިސާގެ މުއާމަލާތައް ބެލެހެއްޓުމުގެ އުސޫލު ކަނޑައެޅުމަށް ވަނީ ސަރުކާރަށް އިލްތިމާސްކޮށްފައެވެ.
އެމްއެމްއޭގެ ގަވާއިދަކީ ތަންފީޒުކޮށް ކޮށްމެހެން ކުރަންޖެހޭ ކަމެއް ސަބަބަކީ ދިވެހިރާއްޖޭގައި ހިންގާ ރިސޯޓްތަކުން އެއްވެސް ވަރަކަށް ބޭންކަށް ބޭރުފައިސާ ޖަމާނުކޮށް ބުލެކްމާކެޓްގައި މާރުކުރަމުން ދާތީ އެއްވެސް ޓެކުހަކާއިނުލާ ލައްކަދުވަހު ތިސޯޓްތަކާއި ވިޔަފާރިތައް ހިންގައިފި ދެން އުޗު ކިތައްމެ ކޯފާވިއަސް އަދި މުއައްޒަފުންގެ މުސާރަ ކުޑަކުރާނެކަމުގެ ބިރުދެއްކިއަސް މިކަމަކީ ނުކޮށްވާންނެއް ކަމެއް މީގެ ދެހަފްތާއެއްހާ ދުވަސް ކުރިން އުއްޗުދިން އިންޓަވިއުއެއްގައި ބުނެފަވޭ އެކަމަކީ އުއްޗުމެއްނަށް މާދަތިކަމެއް ނޫނޭ މައްސަލައަކަށް ވާނީ ރާއްޖޭގައި އިންވެސްޓް ކޮށްގެން ރިސޯޓް ހިންގާ ބޭރުމީހުންނަށޭ މިހާރު އެބައެނގޭ މިވާގޮތް އުއްޗުއަކަށް ނުނިދޭނެ ދެނެއް މިސަރުކާރުގެ ދުވަސް ދުއްވާލަން ކުރެވުނުހާ ކަމެއް ކުރާނެ ބަލަންތިބޭ…
ގައުމައްފައިދާ ހުރިގޮތައް ކަންތައް ކުރެވޭނީ އެންމެ ދެތިން ވިޔަފާރި ވެރިން ބޭނުންވާ ގޮތަށް ގައުމު ބައްޓަނެއް ނުކުރެވޭނެ