ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ބަހްރައިންއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ހަމަޖައްސަވައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ، ބަހްރައިންއަށް ރައީސް ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާ ކަމަށެވެ.

މި ދަތުރުފުޅުކުރުމަށް ހަމަޖެހިފައިވަނީ މާދަމާ އިން 8 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސްގެ މިދަތުރުފުޅަކީ ބަހްރައިންގެ ރަސްގެފާނު ހައްމާދު ބިން އީސާ އަލް ހަލީފާގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މިދަތުރުފުޅުގެ އިތުރު ތަފްސީލު ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެއެވެ.

ރައީސް ސޯލިހު ވަނީ ދާދި ފަހުން އިނގިރޭސިވިލާތުގެ ރާނީ އަދި ހެޑް އޮފް ދަ ކޮމަންވެލްތު ކްއީން އެލިޒަބަތު 2، ގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް އިނގިރޭސިވިލާތަށް ވަޑައިގެންފައެވެ.