މިފްކޯއިން މަސް ފެކްޓްރީ ހިންގާ ގއ. ކޫއްޑޫގައި ހުރި އިމާރާތެއްގެ މަތިން މިދިޔަ ހަފްތާގައި ވެއްޓުނު މީހާ އިއްޔެ މަރުވެއްޖެއެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު "ދަ ޕްރެސް" އަށް ވިދާޅުވީ އެ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް އިއްޔެ އިރުއޮއްސި ހައެއް ޖަހާކަން ހާއިރު ބިދޭސީއަކު މަރުވެފައިވާ ކަމަށާއި މަރުވެފައިވަނީ އުމުރުން 41 އަހަރުގެ ފިރިހެނެއް ކަމަށެވެ.

މިދިޔަ މަހުގެ 29 ވަނަ ދުވަހު ކޫއްޑޫގެ އިމާރާތެއްގެ ފުރާޅު ބަދަލު ކުރަން އުޅުމުގެ ތެރޭގައި ބިދޭސީ މުވައްޒަފަކު 20 ފޫޓު މަތިން ވެއްޓި އޭނާގެ ބޮލަށް އަނިޔާތަކެއް ލިބިފައިވާއިރު ފުރަތަމަ ފަރުވާދިނީ ގއ. އަތޮޅު ހޮސްޕިޓަލުގައެވެ.

އެއަށްފަހު އިތުރުފަރުވާއަށް މާލެ ގެނެސް ވަނީ އައިޖީއެމްއެޗްގައި ފަރުވާދީފައެވެ.