އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިނޭ މޯހަން ވަތުރާ މިއަދު ރާއްޖެ ވަޑައިގެންފިއެވެ

ވިނޭ މޯހަން ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރަކީ ތިން ދުވަހުގެ ދަތުރެކެވެ. މިއަދުން މި މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ވިނޭ ރާއްޖެއަށް ވަޑައިގަންނަވަނީ ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަހްމަދު ލަތީފުގެ ދައުވަތަކަށް ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

މި އަހަރުގެ މެއި މަހު އިންޑިއާގެ ފޮރިން ސެކްރެޓަރީގެ މަގާމާ މަގާމާ ހަވާލުވެ ވަޑައިގަތުމަށް ފަހު މިއީ ވިނޭ ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރެވެ. ވިނޭގެ މި ދަތުރުގައި އިންޑިއާގެ އެހީގައި ރާއްޖޭގައި ކުރިއަށްދާ މަޝްރޫއުތައް ބައްލަވައިލައްވާ އެންމެ ފަހުގެ މައުލޫމާތުތައް ހޯއްދަވާނެއެވެ.

މި ދަތުރުގައި އޭނާ ބައްދަލު ކުރައްވާ ބޭފުޅުންގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ވަޒީރުގެ ބައެއް މެންބަރުން ވެސް ހިމެނެއެވެ.