އާސަންދަ ކުންފުނީގެ މެނޭޖިންގް ޑައިރެކްޓަރުގެ މަގާމަށް އިސްމާއިލް އައްޒާމް ވަޖީހު އައްޔަން ކުރައްވައިފިއެވެ.

އައްޒާމް އެމަގާމަށް އައްޔަން ކުރެއްވީ އެ މަގާމުގައި ކުރިން ހުންނެވި މަރިޔަމް ޝަފީގް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އައްޒާމް ވަނީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމު އަދާކުރައްވާފައެވެ.

އެންސްޕާގެ ސީއީއޯގެ މަގާމުން އައްޒާމް އިސްތިއުފާ ދެއްވުމާ ގުޅިގެން އެމަގާމަށް މަރިޔަމް ޝަފީގު މިއަދު ވަނީ އައްޔަން ކުރައްވާފައެވެ.

މަރްޔަމް ޝަފީގް ވަނީ ތައިލެންޑްގެ ޗުލަލޯންކޯން ޔުނިވާސިޓީން ހެލްތު އިކޮނޮމިކްސް ދާއިރާއިން މާސްޓާ ޑިގްރީ ހާސިލް ކުރައްވާފައެވެ.

މަރްޔަމް ޝަފީގު މީގެ ކުރިން ވެސް އެންސްޕާގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމާއި އެ އިދާރާގެ އިސް މަގާމުތަކާއި ސިއްހީ ދާއިރާއާ އަދި ދައުލަތުގެ އެހެން ބައެއް އިދާރާތަކުގެ އިސް މަގާމުތައް ފުރުއްވާފައިވެއެވެ.