ދިވެހިރާއްޖެ އާއި ސިންގަޕޫރާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 50 އަހަރު ފުރުމުގެ މުނާސަބަތުގައި، ދެ ގައުމުގެ ގުޅުން ހަރުދަނާކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރި ވަކިވަކި ފަރުދުންނާއި ޖަމުއިއްޔާ، ޖަމާއަތްތަކުގެ އަގުވަޒަންކުރައްވައި، ދިވެހި ސަރުކާރުން އެ ފަރާތްތަކަށް ހަނދާނީ ފިލާ ދީފއެވެ.
އެ ފަރާތްތަކާ ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ، "ދިވެހިރާއްޖެ-ސިންގަޕޯ ބިޒްނަސް ފޯރަމް 2025" ގައި، ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ.
އެގޮތުން ދިވެހިރާއްޖޭގެ ތަރައްގީއަށާއި ކުރިއެރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އަދާކުރި ދައުރާއި އިގްތިސޯދީ ގުޅުން ބަދަހިކޮށް ވުނޭރުކަން ފުޅާކުރުމަށް އަދާކުރި ދައުރުގެ އަގުވަޒަންކޮށް، 2 ގައުމަށް ނިސްބަތްވެވަޑައިގަންނަވާ 17 ބޭފުޅުންނާއި 20 ކުންފުންޏަކަށް، އެ ރަސްމިއްޔާތުގައި ޝަރަފު އަރުވާފައިވެއެވެ.
ހަނދާނީ ފިލާ ލިބިވަޑައިގަތް ބޭފުޅުންނަކީ:
- ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އަލްމަރްޙޫމް އަލީ އުމަރު މަނިކު
- ނިޝާން ކަލާފާނުގެ ޝަރަފުގެ ވެރިޔާ އަލްމަރްހޫމް ހުސައިން އަބްދުﷲ (މަރޮށީ ހުސައިން ކަލޭފާނު)
- އަލްމަރްޙޫމް ޑ. އަހްމަދު ދީދީ
- އަލްމަރްހޫމް މުހައްމަދު އާދަމް މަނިކު (ސަރަނގު މުހައްމަދު ކަލޭފާނު)
- މުހަންމަދު ވަހީދުއްދީން
- ހަސަން ޒާހިރު
- އިސްމާއީލް ހިލްމީ
- އަލްމަރްހޫމް ދިއްދޫ އިބްރާހީމް ކަލޭފާނު
- އަލްމަރްހޫމް އާދަމް ޝުކުރީ
- އަލްމަރްޙޫމް މުހައްމަދު ޔޫސުފް (ކުވާ މުހައްމަދު ޔޫސުފް)
- މުހައްމަދު ސޯލިހް
- އަލީ އަހްމަދު (މިނާގޭ ކުޑަ ތުއްތު)
- މައްލާ އަހްމަދު ނާސިރު
- މުހައްމަދު ޝަހުދީ އަންވަރު
- މުހައްމަދު އަލީ ޖަނާހް
- ޝުއައިބް މުހައްމަދު ޝާހް
- ކެނެތް ޕެރޭރާ
ހަނދާނީ ފިލާ ލިބިވަޑައިގަތް ޖަމުއިއްޔާ ޖަމާއަތްތަކަކީ:
- ސިންގަޕޯ އެއާލައިންސް
- ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)
- ސިންގަޕޯ އެއާޕޯޓް ޓާމިނަލް ސާވިސަސް ޕްރައިވެޓް ލިމިޓެޑް (އެސްއޭޓީއެސް)
- ޕޮންޓިއެކް ލޭންޑް ގްރޫޕް
- ޖޯންސް ލޭން ލަސެލް (ޖޭއެލްއެލް)
- ބޮންވެސްޓްސް ހޯލްޑިންގްސް ލިމިޓެޑް
- ސީޑީއެލް ހޮސްޕިޓަލިޓީ ޓްރަސްޓް
- ވިލާ ގްރޫޕް
- ޗަންޕާ ބްރަދާސް ޕްރައިވެޓް ލިމިޓެޑް
- ހޮޓެލް ޕްރޮޕަޓީސް ލިމިޓެޑް
- ކިއޮން ހޮން ހޯލްޑިންގްސް ލިމިޓެޑް
- ކްރެސެންޑަސް ގްރޫޕް
- ބަންޔަން ޓްރީ ހޯލްޑިންގްސް ލިމިޓެޑް
- އެސްސީ ކެޕިޓަލް
- ޗިޕް އެން ސެން
- ޑީބީއެސް ބޭންކް
- ޔޫއޯބީ
- އޯސީބީސީ
- ޔުނިވާސަލް ގްރޫޕް
- ޝިއު ޓެން ގްރޫޕް