ސިންގަޕޫރުގައި ދިރިއުޅޭ ދިވެހިރައްޔިތުންނާ ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ބައްދަލުކުރައްވައިފިއެވެ.

ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ސިންގަޕޫރުގައި ދިރިއުޅޭ ދިވެހިންނަށް ބައްދަލުކުރައްވާފައި ވަނީ މިއަދުއެވެ.

ރައީސް އޮފީހުން ބުނީ މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ދިވެހީންނާއެކު ވަގުތުކޮޅެއް ހޭދަކުރައްވައި، އެ ފަރާތްތަކުގެ ހާލުއަހުވާލު ބައްލަވައިލައްވާފައިވާ ކަމަށެވެ. އަދި އެ ފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއައްސަވާފައިވާ ކަމަށެވެ.

ބައްދަލުކުރެއްވުމުގެ ބައިވެރީންނަށް ރައީސްގެ ދެކަނބަލުން ވަނީ ފަރީއްކޮޅެއްވެސް ދެއްވާފައެވެ.

ރާއްޖެއިން ބޭރުގެ ގައުމުތަކަށް ކުރައްވާ ދަތުރުފުޅުތަކުގައި އެގައުމުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ރައީސް މުއިއްޒު ބައްދަލުކުރައްވައެވެ.