ކުޑަކުދިންނަށް އަމާޒުކޮށް ނެރޭ ފޮތްތަކެއްގައި ސަރުކާރާ ދެކޮޅަށް ނަފްރަތު އުފައްދާ ކަމަށް ބަލައި، ހޮންކޮންގްގައި 5 މީހަކު ޖަލަށް ލައިފިއެވެ.

ކުޑަކުޑިންނަށް އަމާޒު ކޮށް ނެރޭ ފެތްތަކުގައި ފެންނަނީ، ނުލަފާ ވޯލްފް (ހިޔަޅު) އެއް ކަންބަޅިތަކެއް ދިރިއުޅެ އަވަށަކަށް ވަނުން ހުއްޓުވަން މަސައްކަތް ކުރާ ތަނެވެ.

ފޮތްތައް ލިޔެ ކުރަހާ އުފެއްދި ފަރާތްތަކުން ބުނެފައި ވަނީ އެ ފޮތްތަކުގައި ދައްކައިދިނީ އާންމުންގެ ނަޒަރިއްޔާއިން އެމީހުންގެ ތާރީހު ކަމަށެވެ. އެއީ އެއްގޮތަކަށްވެސް ނަފްރަތު އުފައްދުން ކަމަށް ނުދެކެ ކަމަށާއި އެ ނިޔަތުގައި މަސައްކަތް ކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް ސަރުކާރުގެ ފަރާތުން އަންޔަން ކުރި ޖަޖް ނިންމީ، އެީ ސަރުކާރާ މެދު ކުޑަކުދިންގެ ހިތްތަކުގައި ނަފްރަތު އުފައްދާ އެމީހުންގެ ސިކުނޑިތައް ދޮވުލުމުގެ އަމަލެއްގެ ގޮތުގައެވެ. އެއާއެކު ކޮންމެ މީހަކު 19 މަހަށް ޖަލަށް ލާން ވަނީ ހުކުމް ކޮށްފައެވެ.

ޗައިނާގެ ބާރުގެ ދަށުގައި އޮންނަ ހޮންކޮންގް ގައި ހިންގަނީ ޗައިނާގެ ގާނޫނުތަކެވެ. އެތައް ފަހަރަކު މިނިވަން ވާން މަސައްކަތް ކޮށްގެންވެސް ހޮންކޮންގަށް އެފުރުސަތެއް ޗައިނާއިން ނުދެއެވެ. ޗައިނާގެ ގޮނޑިކޮއްކޮ ސަރުކާރެއް އޮންނަ ހޮންކޮންގް އަށް ޗައިނާއިން ބާރުފޯރުވާތާ މިހާރު 25 އަހަރު ވެއްޖެއެވެ.