ކޮވިޑް 19 ގެ ސަބަބުން ރާއްޖެއަށް ދަތުރުކުރުން ހުއްޓާލި ހޮންކޮންގް އެއާލައިންސް އިން އަނެއްކާވެސް ހޮންކޮންގް އާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް އަލުން ފަށައިފިއެވެ.

އެއް އަހަރުގެ މެދުކެނޑުމަކަމަށް ފަހު ހޮންކޮންގް އެއާލައިގެން ފުރަތަމަ ފްލައިޓް މިރޭ ރާއްޖެއަށް އައުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ފުރަތަމަ ފްލައިޓް އެޗްއެކްސް 791، މިރޭ 19:35 ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސުމަށް ހަމަޖެހިފައި ވާއިރު މި ފްލައިޓް ހޮންކޮންގް އަށް ފުރާނީ މިރޭ 21:20 ގައެވެ.

މިއަދު ފަށާ ދަތުރުތަކާއެކު ކޮންމެ ހަފުތާއަކު ރާއްޖެ އާއި ހޮންކޮންގް އާ ދެމެދު ތިން ފުލައިޓު އަޅާނެއެވެ. އެ ދަތުރުތައް ކުރާނީ ހުކުރު، އާދިއްތަ އަދި ބުދަ ދުވަހުއެވެ.

ރާއްޖެއަށް މިހާރު ބައިނަލްއަގުވާމީ 39 އެއާލައިނަކުން އެކި މަންޒިލްތަކާ ދެމެދު ސީދާ ދަތުރުތައް ކުރަމުން އަންނައިރު ހޮންކޮންގް އެއާލައިންސް ވެގެންދާނީ ސީދާ ދަތުރުތައް ކުރަން ފަށާ 40 ވަނަ އެއާލައިނަށެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ މުހިއްމު މާކެޓެއް ކަމުގައިވާ ޗައިނާ މާކެޓް އިތުރު ކުރުމަށް މި ސަރުކާރުން މަސައްކަތް ފަށާފައި ވާއިރު ހޮންކޮން އިން ރާއްޖެއަށް އަންނަ ފަތުރުވެރިން ގުނަނީ ޗައިނާގެ ފަތުރުވެރިންގެ ގޮތުގައެވެ. ކޮވިޑް19 ގެ ކުރިން ރާއްޖެއަށް އެންެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ އެއްގައުމަކީ ޗައިނާކަމަށް ވާއިރު ރައީސް ޑރ.މުހައްމަދު މުއިއްޒުވަނީ ޗައިނާ މާކެޓްފުޅާކޮށް، ޗައިނާ ޓޫރިސްޓުންގެ އަދަދު ކޮވިޑު ކުރިން އައި ވަރަށް ވުރެ ދެ ގުނަ އިތުރުވާނެކަމަށް ވިދާޅުވެފައެވެ.