ރާއްޖޭގެ ފުރަތަމަ "ސްޕޭސް މިޝަން" ގެ ޓީމު އެކުލަވާލައި އާންމުކޮށްފިއެވެ.

އިންސްޓިޓިއުޓް ފޯ ގްލޯބަލް ސަކްސެސް (އައިޖީއެސް) އިން އެޗްޑީސީއާ ގުޅިގެން ކުރިއަށް ގެންދާ ސްޕޭޝް ޕްރޮގްރާމުގެ ފުރަތަމަ މިޝަންގައި ހިމެނެނީ ހަތް ޒުވާނެކެވެ. ދެ އަންހެނަކާއި ފަސް ފިރިހެނުން ހިމެނޭ އެ ޓީމަކީ އެރޯސްޕޭސް އިންޖިނިއަރުންނާއި އިލެކްޓްރޯނިކްސް އަދި މެކޭނިކަލް އިންޖިނިއަރުންގެ އިތުރުން ކޮމްޕިއުޓާ ސައިންސް ދާއިރާގެ ގްރެޖުއޭޓުން ހިމެނޭ ޓީމެކެވެ.

ސްޕޭޝް މިޝަންގެ ޓީމު:

  • މަރިޔަމް މަހްރޫސާ އަބްދުއްރަހްމާން، މާލެ
  • މަރިޔަމް ޝިމާނަތު، ގދ. ރަތަފަންދޫ
  • ހުސައިން އައްސަދު، ރ. އަލިފުށި
  • ހުސެއިން ރިޒާމް، މާލެ
  • އަހުމަދު އީޖާޒް އަބްދުﷲ، އއ. ބޮޑުފުޅަދޫ
  • މުހައްމަދު އަޝްހަމް މުޖުތަބާ، މާލެ
  • މުހައްމަދު ޖުނައިދު، ހއ. އިހަވަންދޫ

އެ ޓީމުން މިހާރު ވަނީ ސެޓަލައިޓް ހަދައި ލޯންޗުކޮށް، ސައިންޓިފިކް ރިސާޗް ހަދަން ހަދަން ދަސްކޮށްދޭ ކޯހެއް ފުރިހަމަ ކޮށްފައެވެ.

ރާއްޖޭގެ ފުރަތަމަ ސްޕޭސް މިޝަންގެ ޑައިރެކްޓަރަށް އައްޔަން ކޮށްފައި ވަނީ 2017 ވަނަ އަހަރު ނާސާއިން ލޯންޗު ކުރި ދުނިޔޭގެ އެންމެ ކުޑަ ސެޓެލައިޓްގެ މިޝަންގެ ޑައިރެކްޓަރު، ޑރ. ސްރިމަތީ ކޭސަން އެވެ. އޭނާއަކީ އެދާއިރާގެ އިންޑިއާގެ ތަޖުރިބާކާރެކެވެ.

މި ޓީމުން އީޖާދީ މުހިންމު ސެޓްލައިޓެއް ހަދާ ޖައްވަން ފޮނުވަން ވަނީ ހަމަޖެހިފައެވެ. އަދި މި ސެޓެލައިޓް އުދުއްސާލާނީ ހުޅުމާލެއިން ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.