މިއަހަރު ނަސޯރާއިން ފާހަގަ ކުރާ ކްރިސްމަސްގައި ވިހަން ތައްޔާރުވެފައި އިން އަލަބާމާ އަންހެނެއްގެ ދެ ރަހިމުގައި ދެކުދިން އެބައޮތް ކަމަށް ހަބަރުތަކުން ބުނެފިއެވެ.

އަންހެނާ އުފަންވާއިރު ވަރަށް މަދުން ނޫނީ ނުހުންނަ ޑަބަލް ޔުޓެރީ ނުވަތަ ދެ ރަހިމު ހުންނަ އަލަބާމާގެ މި އަންހެން މީހާގެ ހާލު ރަނގަޅު ކަމަށާއި ދެ ރަހިމުގައި ވެސް އޮތީ 2 އަންހެން ކުދިން ކަމަށްވެސް ހަބަރުތަކުން ބުނެއެވެ.

ކެލެސީ ހެޗާގެ ނަމަކަށް ކިޔާ އަންހެން މީހާގެ މިހާރުވެސް 3 ކުދިން ދުނިޔޭގައި އެބަތިއްބެއެވެ. އެއީ 7 އަހަރު، 4 އަހަރު އަދި 2 އަހަރުގެ ކުއްޖެކެވެ.

ހެޗާ ބަލިވެ އިންކަން އެނގި ހެދި ޓެސްޓްތަކުން ދެކުދިން ދެ ރަހިމުގައި އޮތްކަން އެނގުމާއެކު އެކަން ގަބޫލު ނުކުރެވުނު ނަމަވެސް އޭނާ އުފަންވި އިރު އެ ހާލަތު ހުރި ކަން އޭނާއަށް އެނގެއެވެ. ޑޮކްޓަރުން ހެދި ސްކޭނުން 2 ކުދިން ދެ ރަހިމުގައި އޮތްކަން ފާހަގަ ކުރެވި ހައި ރިސްކް ކެޓެގަރީގައި ހެޗާއަށް ފަރުވާ ދެމުން އަންނަ އިރު 3 މައިންގެ ހާލުވެސް ރަނގަޅެވެ.

މިއީ ދުނިޔޭގައި ވަރަށް މަދުން ނޫނީ ދިމާވާ ކަހަލަ ކޭސް އެއް ނޫނެވެ. އޭނާ ބަލާ ގައިނަކޮލޮޖިސްޓުން ބުނެފައި ވަނީ އެމީހުންގެ ކެރިއާގައި މިފަދަ ކޭސް އެއް ދިމާވި މިއީ ފުރަތަމަ ފަހަރު ކަމަށެވެ.

ސިއްހީ މައުލޫމާތު ގެނެސްދޭ މަޔޯ ކްލިނިކުން ބުނެފައި ވަނީ، ދެ ރަހިމު އުފެދުމުގެ ހާލަތަކި ވަރަށް މަދުން ނޫނީ ނުފެންނަ ހާލަތެއް ކަމަށާއި އަންހެނާގެ އެ ގުނަވަން އުފެދެމުން ދާ މަރުހަލާގައި ރަހިމު އުފެދެމުން ދަނީ 2 ޓިއުބެއްގެ ގޮތަށް ނަމަވެސް ހެދިބޮޑުވަމުން ދާ ވަރަކަށް އެ ދެޓިއުބު ގުޅި އެއް ރަހިމަށް ބަދަލުވާ ކަމަށެވެ.

ނަމަވެސް ބައެއް ފަހަރު އެ ދެ ޓިއުބު ނުގުޅި ވަކިން އުފެދެނީ ކަމަށާއި އެހެން ހުންނަ ހާލަތްތަކުގައި ވެސް ރަހިމުގެ ދޮރަކީ އާންމުކޮށް އެއްދޮރެއް ކަމަށެވެ. އަދި ވަރަށް މަދު ހާލަތެއްގައި ދެދޮރު އުފެދިފައި ހުންނަކަމަށް ވެސް ބުނެފައި ވެއެވެ.

ހައި ރިސްކް ޕްރގްނެންސީސް އަށް ހާއްސަ ޑޮކްޓަރެއް ކަމަށް ވާ ރިޗާޑް ޑޭވިސް ބުނެފައި ވަނީ ކޮންމެ 1000 އަންހެނަކުން އެކަކު 2 ރަހިމާއެކު އުފެދިފައި ހުރެދާނެ ކަމަށާއި، ދަރިން އަސަގަތުމުގައި އެފަދަ ފަރާތްތަކަށް އޮންނަ ފުރުސަތު ބޮޑުނަމަވެސް ބައިގެން ދިޔުމުގެ ފުރުސަތުވެސް އެފަދަ މީހުންގެ ބޮޑުކަމަށް ބުނެއެވެ.

"ކޮންމެ ފަހަރަކު ޓްވިންސެއް ލިބުމަކީ ދެން ވަރަށް އާދަޔާ ހިލާފު ކަމެއް"
ރިޗާޑް ޑޭވިސް

އަދި އެފަދަ ހާލަތްތަކުގައި އުފަންވާ ކުދިންނަށް [ދެ ރަހިމުގައި އަށަގަނެ ވަކިން އުފަންވާ ކުދިންނަށް] ވެސް ޓްވިންސް ނޫނީ ކިޔާނެ ވަކި ނަމެއްވެސް ނޭނގޭ ކަމަށް ބުނެފައި ވެއެވެ.