މިހާރު ފްރާންސްގެ ކޭންސްގައި ކުރިއަށްދާ ކޭންސް ފެސްޓިވަލް 2022 އަށް ދަތުރު ކުރި އިންޑިއާ ތަރި ޕޫޖަ ހެޖްގެ ހެދުންކޮޅާއި ފޮއްޓާއި މޭކަޕް ސާމާނުކޮޅު ގެއްލިއްޖެއެވެ.

މިހާދިސާ ހިނގި ގޮތުގެ މާބޮޑު ތަފްސީލެއް ނެތް ނަމަވެސް، އޭނާގެ ހެދުންކޮޅާއި ދަބަހާއި، މޭކަޕްސާމާނުކޮޅު ވަގަށް ނެގީކަމަށް ހަބަރުތައް ބުނެއެވެ. މިހާދިސާ ހިނގި އިރު، ޕޫޖާ އަތުން ނުގެއްލި އޮތީ އޭނާގެ އަތް ދަބަހާއި އެދަބަހުގައި ހުރި މަދު ގަހަނާ ކޮޅެއް ކަމަށް ހަބަރުތައް ބުނެއެވެ.

އެހެން ކަމުން ޕޫޖާ ކޭންސް އަށް ދިޔައީ، އޭނާގެ ޓީމުން ވެދިން އެހީތެރިކަމާއެކުގައެވެ. އޭނާ ލާނެ ހެދުމަކާއި، މޭކަޕްކޮށް ރީތިވެވޭނެ އިންތިޒާމް ހަމަޖައްސައި ދިނީ އޭނާގެ ޓީމުން ކަމަށް ބުނެއެވެ.

މަޝްހޫރު އެކްޓަރު ޓޮމް ކްރޫޒުގެ އާ ފިލްމު "ޓޮޕްގަން: މެވެރިކް" އަށް ހާއްސަކޮށްފައިވާ ފެސްޓިވަލްއަށް ޕޫޖާ ދިޔަ އިރު، އޭނާގެ ހެދުންކޮޅާއި އެހެން ތަކެތި ގެއްލިގެން އުޅޭ ކަމުގެ އިހުސާސް އޭނާގެ އެކުވެރިންނަކަށް ނުވެއެވެ.