ހައިކޯޓުން އެންމެ ގިނަ މައްސަލަ ނިންމީ ނިމިދިޔަ 2021 ވަނަ ަހަރު ކަމަށް އެ ކޯޓުން ބުނެފިއެވެ.

ހައިކޯޓުން އާއްމުކުރި މިދިޔަ އަހަރުގެ ތަފާސްހިސާބުގައިވާ ގޮތުން، މިދިޔަ އަހަރު އެ ކޯޓަށް 835 މައްސަލަ ހުށަހެޅިއިރު އޭގެ ތެރެއިން ރަޖިސްޓްރީ 625 މައްސަލައެއް ރަޖިސްޓްރީ ކުރިއެވެ.

ކުރީ އަހަރުތަކުގެ މައްސަލަތަކާއެކު ހައިކޯޓުން ވަނީ މިދިޔަ އަހަރު 679 މައްސަލައެއް ނިންމާފައެވެ. އެއީ 2017 ވަނަ އަހަރު ނުނިމި އޮތް ދެ މައްސަލައާއި، 2018 ވަނަ އަހަރު ނުނިމި އޮތް 21 މައްސަލައާއި، 2019 އަހަރު ނުނިމި އޮތް 186 މައްސަލައާއި، 2020 ވަނަ އަހަރު ނުނިމި އޮތް 141 މައްސަލައިގެ އިތުރުން މިދިޔަ އަހަރު ނުނިމި އޮތް 329 މައްސަލައެވެ.

މިދިޔަ އަހަރު އެންމެ ގިނަ އަދަދަކަށް މައްސަލަ ނިންމާފައިވަނީ މާޗް މަހުގެ ތެރޭގައެވެ. އެމަހު 100 މައްސަލަ ނިންމާފައި ވެއެވެ.

މިދިޔަ އަަހަރު ހައިކޯޓަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް މައްސަލަ ހުށަހަޅާފައިވަނީ އޮގަސްޓް މަހުގެ ތެރޭގައެވެ. އެމަހު ވަނީ 104 މައްސަލަ ހުށަހަޅާފައެެވެ. މިދިޔަ އަހަރު އެންމެ މަދުން މައްސަލަ ހުށަހެޅީ ޖުލައި މަހުގެ ތެރޭގައެވެ. އެއީ 30 މައްސަލައެވެ.

މިދިޔަ އަަހަރު ނިމުނުއިރު ހައިކޯޓުގައި ނުނިމި ޖުމްލަ 679 މައްސަލަ އޮތެވެ.

ކޯޓުތަކަށް ނިންމާ މައްސަލަތަކުގެ ތަފާސް ހިސާބު މިހާރު އާންމު ކުރަމުން ދިޔަ ނަމަވެސް ދިގުލައި، ވާނުވާގައި ނުނިމި ހުންނަ ގިނަ މައްސަލަތައް ދަނީ ފެންމަތިވަމުންނެވެ. ވާނުވާގައި ތިބެ ބައެއް މީހުން ދުނިޔެ ދޫކޮށްފައިވެސް އެބަހުއްޓެވެ.