ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީގެ ފިރިކަލުން އިބްރާހީމް ޒާހިރު އަވަހާރަ ވެއްޖެއެވެ.

ޒާހިރުގެ ކޮއްކޮ، އަދި ޓްރާސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޒުހައިރު ވިދާޅުވީ ޒާހިރު އަވަހާރަވީ އިންޑިއާގެ ކޮޗިންގައި ހުންނަ ރާޖާގިރި ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ކަމަށްވެ.

Ads by Regional Airports
Regional Airports

ޒާހިރު އަވަހާރަވީ ފުއްޕާމޭގެ ބައްޔަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދު 02:00 ހާއިރު ކަމަށް ޒުހައިރު ވިދާޅުވިއެވެ.

ޒުހައިރު އިތުރަށް ވިދާޅުވީ ޒާހިރު ފުއްޕާމޭގެ ބައްޔަކަށް ފަރުވާ ހޯއްދަވަމުން ގެންދަވާތާ މިހާރު އެއް އަހަރުވެފައިވާ ކަމަށެވެ.

ޒާހިރު އަވަހާރިވި އިރު އަނބިކަނބަލަކާއި ހަތަރު ފިރިހެން ބޭފުޅުންނާއި އަދި 2 ދަރި ކަނބަލުން ދުނިޔޭގައި އެބަތިއްބެވެ.