ރ. އުނގޫފާރު މަގުތައް ހެދުމުގެ ދެވަނަ ފިޔަވަހީގެ މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.

365 ދުވަސް ތެރޭގައި ނިންމަން ހަވާލުކުރި އެ މަޝްރޫއުގެ ހަރަދަނީ 21,654,416.92 ރުފިޔާއެވެ. ޕްލޭނިން މިނިސްޓްރީއިން އެމްޓީސީސީއާ އެ މަޝްރޫއު ހަވާލުކޮށްފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 31 ވަަނަ ދުވަހެވެ.

އެ މިނިސްޓްރީއިން ބުނީ އެ މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި އާ މަގުތަކެއްގައި ތާރު އަޅައި މަގުތަކުގައި ފެން ހިންދާ ނިޒާމް ގާއިމްކުރުމުގެ އިތުރުން މަގު ބައްތި ޖެހުން ހިމެނޭ ކަމަށެވެ.

އެ ރަށުގެ މަގުހެދުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމިފައިވާއިރު އެމްޓީސީސީއިން ވަނީ ޖުމްލަ 3.2 ކިލޯ މީޓަރު ދިގު މިނުގެ 14 މަގެއްގައި ތަރުއަޅާ ނިންމާފައެވެ.