ޅ. މާފިލާފުށި ކައިރިން ދަތުރުކުރި ކޮޅުވެއްޓިއެއް ބަނޑުން ޖަހާލާ އަޑިއަށް ގޮސްފިއެވެ.

އެމްއެންޑީއެފުން ބުނީ ޅ. މާފިލާފުށި ކައިރިން ދަތުރުކުރި 35 ފޫޓުގެ ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައިގެން އެމްއެންޑީއެފް ކޯސްޓްގާޑް ސްކޯޑްރަން އިން ހަރަކާތްތެރިވެފައިވާ ކަމަށެވެ.

އޭގައި ތިބީ ހަތަރު ފަޅުވެރިން ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ އެހަތަރު ފަޅުވެރިންނަށް އެއްވެސް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ.

ކޮޅުވެއްޓި އަޑިއަށް ގޮސްފައިވަނީ މިއަދު 06:51 ހާއިރު ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ އެހާދިސާގެ ރިޕޯޓު ލިބިފައިވަނީ 02:45 ހާއިރު ކަމަށެވެ.