ކާރަކާއި ސައިކަލެއް ޖެހި ލ. ގަމުގެ ލިންކު ރޯޑުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ބުނީ، ލިންކު ރޯޑުގައި އުތުރުން ދެކުނަށް ދުއްވާފައި ދިޔަ ކާރަކާއި ސައިކަލެއް ޖެހިގެން އެކްސިޑެންޓް ހިނގާފައި ވަނީ ރޭ 19:00 ހާއިރު ކަމަށެވެ.

އަދި މި އެކްސިޑެންޓުގައި ސައިކަލުގައި ތިބި ދެ މީހުންނަށް ވެސް ވަނީ އެކި ވަރުގެ އަނިޔާވެފައެވެ.

އެގޮތުން ސައިކަލު ދުއްވަން އިން 44 އަހަރުގެ ފިރިހެން މީހާގެ ކަނާތު ފައި ދެތަނަކުން ބިނދި، ބޯފަޅައިގެން ގޮސް އިތުރު އަނިޔާތައްވެސް ލިބުނުއިރު ފަހަތުގައި އިން 44 އަހަރުގެ ދިވެހި ފިރިހެން މީހާގެ ބޯ ދެ ތަނަކުން ފެޅި، ކަނާތު ފައި ދެ ތަނަކުން ބިނދުމާއެކު އިތުރު އަނިޔާތައްވެސް ލިބުނު ކަމަށް ފުލުހުން ބުނެއެވެ.

ލ. ލިންކު ރޯޑުގައި ރޭ އެކްސިޑެންޓު ހިނގާފައިވާ މަންޒަރު

އެކްސިޑެންޓު ހިނގާފައިވާ މަންޒަރު ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު ފެންނަނީ އެކްސިޑެންޓުގައި ހިމެނޭ ސައިކަލާއި ކާރަށް ވެސް ބޮޑެތި ގެއްލުންތަކެއް ވެފައިވާ މަންޒަރެވެ. އަދި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.