ދިޔަވަމުންދިޔަ ލޯންޗު (ސުވެނިއާ 34)ގައި ތިބި މީހުން ތިލަފުށްޓަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

38 މީހުންނާއެކު ދަތުރުކުރަމުންދިޔަ އެ ލޯންޗު ފަޅައިގެންގޮސް ދިޔަވަމުންދާ ކަމަށް މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

އެމްއެންޑީއެފްއިން ބުނީ ފަޅައިގެން ގޮސް ދިޔަވަމުންދިޔަ، ސުވެނިއާ 34 ލޯންޗު އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު ތިލަފުށްޓަށް ގެންގޮސްފައި ވަނީ މިއަދު މެންދުރުފަހު 2:00 ހާއިރު ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ މައުލޫމާތެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި "ސުވެނިއާ 34" ލޯންޗުގައި ދަތުރުކުރަމުންދިޔައީ 34 ފަތުރުވެރިންނާއި 4 ފަޅުވެރިންނެވެ.