ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 1005 މީހަކު ކޮވިޑަށް ޕްޒިޓިވް ވެއްޖެއެވެ.

"ދަ ޕްރެސް" އަށް މިކަން ކަށަވަރުވެފައި ވާއިރު އެއީ އިއްޔެ އިރުއޮއްސި 6 އިން މިއަދުގެ އިރުއޮއްސި 6 އަށް ޕޮޒިޓިވް ވެފައިވާ އަދަދެވެ. މިއަދު 1005 މީހުން ޕޮޒިޓިވްވެފައި ވާއިރު އިއްޔެވެސް މާލެ ސަރަހައްދުން 439 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. މާލެ ސަރަހައްދުން ގިނަ ބަޔަކު ޕޮޒިޓިވްވެފައި ވާއިރު މީހުން ދިރިއުޅޭ ރައްރަށުން 141 މީހަކާއި ރިސޯޓުތަކުން 9 މީހަކާއި އިންޑަސްޓްރިއަލް އައިލެންޑްތަކުން 5 މީހަކު އިއްޔެ ވަނީ ޕޮޒިޓިވް ވެފައެވެ.

އެގޮތުން މިހާރު ކޮވިޑް ކޭސްތަކުގެ އަދަދު ވަނީ 6840 އަށް އަރާފައެވެ. ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭމީހުންގެ އަދަދު މިހާރު ވަނީ 230 އަށް އަރާފައިވާއިރު ޑީއެޗް11 ވަނީ ފުލްވެފައެވެ. ކޮވިޑްޖެހިގެން މަރުވިމީހުންގެ އަދަދު މިހާރު ވަނީ 84 އަކަށް އަރާފައެވެ.

ރާއްޖޭގައި ދުވަހެއް ދުވަހަކަށް ކޮވިޑް ކޭސްތައް ދަނީ އިތުރުވަމުންނެވެ. ކޭސްތައް އިތުރުވުމާ ގުޅިގެން ރާއްޖޭގައި ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. އެގޮތުން މާލެ ސަރަހައްދުގައި ރޭގަނޑު 09 އިން ފަތިހު 04 އަކަށް ކާފިއު ހިންގުމާ، ސިއްހީ ހިދުމަތް ހޯދުމަށާއި ޒަރޫރީ ބޭނުންތަކުގައި ފިޔަވާ އެހެން ބޭނުންތަކުގައި އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާ ކުރުމާ، ދަތުރު ކުރާނަމަ 14 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރަން ޖެހޭގޮތަށްވެސް ވަނީ ބަދަލުގެނެސްފައެވެ.

ވޭތުވެދިޔަ 24 ގަޑިއިރަކީ ރާއްޖެއިން އެއްދުވަހެއްގައި އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަހެވެ.