ރާއްްޖޭގައި ކޮވިޑް ކޭސްތައް އެއްދުވަހުން އަނެއްދުވަހެއް ދަނީ މައްޗަށް އަރަމުންނެވެ. މިދިޔަ 24 ގަޑިއިރުތެރޭގައިވެސް ރާއްޖެއިން ޖުމުލަ 1،216 ވަނީ ޕޮޒިޓިވް ވެފައެވެ. އެއީ މާލެ ސަރަހައްދުން 1،013 މީހަކާ، އަތޮޅުތެރެއިން 201 މީހަކާ، ހިންގަމުން ގެންދާ ރިސޯޓުތަކުން 1 މީހަކާ ލައިވްބޯޑުން 1 މީހެކެވެ.

މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތެރޭގައިވެސް ކޮވިޑް ކޭސްތައް ދަނީ އިތުރުވަމުންނެވެ. އެގޮތުން ކޭސްތައް ފެނި މިހާރުވެސް 46 ރަށެއް ވަނީ މޮނިޓަރިންގެ ހާލަތައް ގެނެސްފައެވެ. އެއީ:

  • ޅ. ނައިފަރު
  • އަދ. މާމިގިލި
  • ތ. ވޭމަންޑޫ
  • ތ. މަޑިފުށި
  • ބ. އޭދަފުށި
  • ކ. ހިންމަފުށި
  • ކ. ގުޅި
  • ކ. މާފުށި
  • އއ. މަތިވެރި
  • ލ. މާންދޫ
  • ލ. ގަން
  • ލ. ފޮނަދޫ
  • ގދ. ތިނަދޫ
  • އއ. އުކުޅަސް
  • ކ. ތުލުސްދޫ
  • ލ. ދަނބިދޫ
  • އއ. ރަސްދޫ
  • އައްޑޫ ސިޓީ
  • ހއ. ދިއްދޫ
  • ފ. ފީއަލި
  • އއ. ހިމަންދޫ
  • ކ. ގުރައިދޫ
  • ފ. ނިލަންދޫ
  • ލ. އިސްދޫ
  • އދ. ފެންފުށި
  • ލ. މާވަށް
  • ފުވައްމުލައްސިޓީ
  • ނ. ވެލިދޫ
  • ށ. ފުނަދޫ
  • ށ. ޅައިމަގު
  • ރ. ހުޅުދުއްފާރު
  • ގދ. ގައްދޫ
  • ބ. ތުޅާދޫ
  • ވ. ފުލިދޫ
  • އދ. މަހިބަދޫ
  • ރ. މަޑުއްވަރި
  • އއ. ފެރިދޫ
  • ހދ. ކުޅުދުއްފުށި
  • ށ. ކަނޑިތީމު
  • ށ. ގޮއިދޫ
  • ކ. ކާށިދޫ
  • ދ. ކުޑަހުވަދޫ
  • ގއ ދާންދޫ
  • ޅ. ހިންނަވަރު
  • ގއ. ގެމަނަފުށި
  • ދ. ބަނޑިދޫ އެވެ.

މި ރަށްރަށުގެ ތެރެއިން 9 ރަށެއްގެ ހާލަތު ގޯސްވުމުން އެޗްޕީއޭއިން ވަނީ އެ ރަށްރަށުގައި ހަވީރު 4 އިން ފަތިހު 4 އަށް ކާފިއުވެސް ހިންގަންފަށާފައެވެ. އަދި އެއްވެ ޕާޓީ ތަކާ ހަފްލާތަކާ ޖަލްސާ ބޭއްވުން މަނާކޮށް 3 މީހުންނަށްވުރެ ގިނަ މީހުން އެއްވުން ވެސް ވަނީ މަނާކޮށްފައެވެ.