ދިރާގުގެ ޕްރީޕެއިޑް ކަސްޓަމަރުން 75 ރުފިޔާ ގެ މިނީ ޑޭޓާ ބަންޑަލް އެއް އެކްޓިވޭޓް ކޮށްގެން 200 އިންސައްތަ އިތުރު ޑޭޓާ ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ދިރާގުން ބުނީ މި ޕްރޮމޯޝަންގެ ދަށުން ކަސްޓަމަރުންނަށް އެންމެ 75 ރުފިޔާ އަށް 1.5 ޖީބީގެ ބަދަލުގައި 4.5 ޖީބީގެ ޑޭޓާ ލިބިގެންދާނެ ކަމަށެވެ.

ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށްގެން މި ތައާރަފު ކުރި އޮފާ ދިރާގު މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ނުވަތަ 343 އަށް އެސްއެމްއެސް އެއް ފޮނުވައިގެން އެކްޓިވޭޓު ކުރެވޭނެ ކަމަށް ދިރާގުން ބުނެއެވެ.

މިނީ ޑޭޓާ ޕެކޭޖުގެ މުއްދަތަކީ ހަތް ދުވަސް ކަމަށާއި މިއަދު އިއުލާން ކުރި މި ޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ދިރާގުން ވަނީ ބުނެފައެވެ.

ދިރާގުން ވަނީ ދާދި ފަހުން މޮބައިލް ޕްރީޕެއިޑް ޕެކޭޖްތަކަށް ބޮޑު ބަދަލުތަކެއް ގެނެސް، "ޕްރީޕެއިޑް ކޮމްބޯ ޕްލޭންސް" ތައާރަފު ކޮށްފައެވެ.

ދިރާގުން ބުނީ މި ބަދަލުތަކާއެކު މިހާރު ކަސްޓަމަރުންނަށް ފަސޭހަ ކަމާއެކު ވޮއިސް އާއި އެސްއެމްއެސް އަދި ޑޭޓާ، އެއް ކޮމްބޯ ޕްލޭނަކުން އެކްޓިވޭޓް ކޮށްލެވޭނެ ކަމަށެވެ. އަދި ހިލޭ "ޕާކްސް" ވެސް މިހާރު ދިރާގު ޕްރީޕެއިޑުން ލިބޭ ކަމަށެވެ.

ދިރާގުން އަބަދު ވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް ހެޔޮ އަގެއްގައި ގިނަ ފައިދާތަކެއް ހޯދައިދީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށް ކަމަށް ދިރާގުން ވަނީ ބުނެފައެވެ.