ރާއްޖޭގައި އެންމެ ގިނަ ބަޔަކު އޮންލައިން ކޮށް ވަންނަކަމަށް ރެކޯޑް ތަކުން ދައްކާ ސައިޓުތަކަކީ ބަރަހަނާ ސައިޓްތައް ކަމަށް ވާއިރު، އެ ހުރިހާ ސައިޓެއް ބްލޮކް ކޮށްފިއެވެ.
ގިނަބަޔަކު ވަދެ ބަލާ ހެދުމުން އިންޓަނެޓްުގެ ހިދުމަތް ދޭ ކުންފުނިތަކަށް ބޮޑު އާމްދަނީއެއް ލިބެމުން ދިޔަ، ބަރަހަނާ ސައިޓްތައް ބްލޮކް ކުރި މިއީ ފުރަތަމަ ފަހަރެވެ.
ބަރަހަނާ ސައިޓްތަކުގެ މައްސަލައިގައި ނިމިދިޔަ ރިޔާސީ ކެމްޕެއިންގެ ތެރޭގައި 'ދަ ޕްރެސް' އިން ރައީސް ޑރ. މުހައްމަދު މުއިއްޒާ ކުރި ސުވާލެއްގެ ޖަވާބުގައި، ދިވެހިންގެ އިޖުތިމާއީ ފޭރާން ހެޔޮ ކުރުމަށާއި އުމުރާ ނުގުޅޭ މަންޒަރުތައް ފެންނަ ޗެނަލްތަކާއި ބަރަހަނާ ސައިޓްތައް ބްލޮކް ކުރުމަކީ ހައްލު ކަމުގައި ވިދާޅުވެފައި ވެއެވެ.
'ދަ ޕްރެސް' އިން އޭރު ކުރި ސުވާލަކީ، ދިވެހިންގެ އިޖުތިމާއީ ފޭރާން ވީދިގެން ދިޔުމަށާއި އަހުލާގީ މައްސަލަތައް ކުރިމަތިވުމުގައި ހާމަކަން ބޮޑުކޮށް އާންމުކޮށް ފެންނަ ގޮތަށް ހުންނަ ބަރަހަނާ ސައިޓުތަކާއި އެފަދަ ނޭދެވޭ ކަންކަމަށް ހިތްވަރު ލިބޭ ކޮންޓެންޓްގެ މައްސަލަ ހައްލުކުރައްވާނެ ގޮތަކީ ކޮބާތޯއެވެ.
ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ، މި ފިޔަވަޅު އެޅީ ހުސްވި ހަފްތާގެ ބުރާސްފަތި ދުވަހު އެކަމަށް އެދި ކޭމްގައި އެދުމުން ކަމަށެވެ.
މީ ހަމަ ބޮޑު ދޮގެއްކަމަށް ކިތަންމެ ބަޔަކު ބުނަމުން އެބަދޭ ކީރިތި ޤުރްއާނުގައި މާތް އަންގަވަނީ "ދޮގުހަދާކަން ކަށަވަރީ ﷲގެ އާތްތަކަށްއީމާންނުވާ މީނެވެ." ބޮޑީގާޑުންލައިގެން 5 ނަމާދަށް މިސްކިތަށް ދިއުމަކުން ނުފުދޭ. ރައްޔިތުންނަށް ދީންވެރިކަން ދެއްކިދާނެ. ޢެކަމަކު ﷲއަކަށް އޮޅުވައެއްނުލެވޭނެ.