ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމްގެ ހާލުކޮޅު ރަނގަޅު ކަމަށް ރައީސް މައުމޫނު ވިދާޅުވެއްޖެއެވެ.

ރައިސް މައުމޫނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނަސްރީނާގެ ހާލުކޮޅު ރަނގަޅު ކަމަށާއި އެކަމަނާ ކޮވިޑަށް ނެގެޓިވް ކަމަށެވެ. އަދި ނަސްރީނާއަށް ހެޔޮދުއާ ކޮށްދިން ހުރިހާ ފަރާތްތަކަށް އާއިލާގެ ފަރާތުން ޝުކުރު ދަންނަވާ ކަމަށް ވެސް ރައީސް މައުމޫނު ވަނީ ވިދާޅުވެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނަސްރީނާއަށް އަންނަނީ ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އަދި ނަސްރީނާ އެޑްމިޓް ކޮށްފައިވަނީ ހަށިގަނޑުން ލޮނުގެ މިންވަރު މަދުވެގެން ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ނަސްރީނާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ވަނީ މިދިޔަ އަންގާރަ ދުވަހު ކަމަށް މައުލޫމާތު ލިބެއެވެ.

ރައީސް މައުމޫނާއި ނަސްރީނާ ކައިވެނި ބައްލަވައި ގަތީ، 1969 ވަނަ އަހަރު، ޖުލައި 20 ވަނަ ދުވަހެވެ.