މި ދުނިޔެއާއި އެތައް ހާސް އަލި އަހަރެއް ދުރުގައިވާ "ޖައްވީ ކޮކާލެއް" ސައެންސްވެރިން ދައްކާލައިފިއެވެ.

ނުލާ، ރަތް އަދި ދަނބުކުލައިގެ މި "ޖައްވީ ކޮކާލުގެ" މަންޒަރަކީ މީގެ ކުރިން ނުފެންނަ ހާ ސާފު މަންޒަރެކެވެ.

ފޮޓޯއިން ފެންނަ ސިފައަށް ބަލާ ނަންދީފައިވާ މި ޖައްވީ ކޮކާލަކީ ޕްލެނެޓަރީ ނެބިއުލާ ނުވަތަ، އަދި ނުގޮވާ އޮތް ގަދީމީ ތަރިއެއްގެ ވަށައިގެން އުފެދިފައިވާ ގޭހުގެ ވިލާގަނޑެއް ކަމަށް ބުނެވެއެވެ.

ޖައްވީ ކޮކާލުގެ މި ތަސްވީރަކީ، ޔޫރަޕިއަން ސްޕޭސް އޮބްޒަވޭޓަރީ (އީސޯ) އިން ޗިލީގައި ބަހައްޓާފައި ހުންނަ ވޭރީ ލާޖް ޓެލެސްކޯޕްގެ ނަމުން ނަންދީފައިވާ ޑިވައިސްއިން ނަގާފައިވާ މަންޒަރެކެވެ.

އެންޖީސީ 2899 ގެ ނަން ދީފައިވާ މި ޖައްވީ ކޮކާލަކީ، ދުނިޔެއާއި 3000 އައި 6500 އަލި އަހަރު ދުރުގައި އޮންނަ ވޭލާ ކޮންސްޓަލޭޝަންގައި ހިމެނޭ ޖައްވީ ކޮކާލެކެވެ. މި ކޮންސްޓަލޭޝަންއަކީ ދުނިޔޭގެ ދެކުނު ތަނޑިއަށް ފެންނާނެ ކޮންސްޓަލޭޝަންއެއް ކަމަށްވެސް މައުލޫމާތު ލިބެއެވެ.

މި ޖައްވީ ކޮކާލަށް ލިބިފައިވާ ރީތި ކުލަތައް އެގޮތުގައި އެތައް ހާސް އަހަރުތަކެއް ވަންދެން ދިއްލިފައި ހުންނައިރު، މިއީ ޖައްވީ އުމުރުން ގުނާއިރު ވަރަށް ކުރު މުއްދަތެކެވެ.