ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަހަރު ފާހަގަކުރުމަށް، ފޮޓޯއާއި ވީޑިއޯ ނެގުމުގެ މުބާރާތެއް އެޗްޑީސީ އިން ފަށައިފިއެވެ.
މި މުބާރާތުގައި ބައިވެރުވުމަށް ހުޅުމާލޭގެ ރީތިކަމާއި ރަށުތެރޭގެ އާންމު ދިރިއުޅުން ދައްކުވައިދޭ ފޮޓޯއެއް ނުވަތަ ކުރު އެއް މިނެޓަށްވުރެ ދިގު ނޫން ވީޑިއޯކޮޅެއް ހުށަހަޅަންޖެހޭނެ ކަމަށް އެޗްޑީސީ އިން ވަނީ ބުނެފައެވެ. ފޮޓޯ ނުވަތަ ވީޑިއޯ ނަގާ މީހެއްގެ އަމިއްލަ ސޯޝަލް މީޑިއާއަށް އަޕްލޯޑް ކުރާއިރު، hdcmaldives@ އަދި myhulhumalemv@ ޓެގް ކުރުމުގެ އިތުރުން LifeinHML# ހޭޝްޓެގް ބޭނުންކުރަންވާނެކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ. މި މުބާރާތަށް ފޮޓޯއާއި ވީޑިއޯ ހުށަހެޅުމުގެ ސުންގަޑިއަކީ މެއި 08 2025 އެވެ.
އެޗްޑީސީން ބުނީ ވަނަތަކަށް ދާ ފަރާތްތަކަށް ފައިސާގެ އިނާމު ލިބޭގޮތަށް ކުރިއަށްގެންދާ މި މުބާރާތުގައި ވަނަ ހޮވާނީ ފޮޓޯއާއި ވީޑިއޯތައް ވަކިންކަމަށެވެ. އެގޮތުން:
- އެއްވަނައަށްދާ ވީޑިއޯ އަކަށް 8،000 ރުފިޔާ
- ދެވަނައަށް 5،000 ރުފިޔާ
ތިންވަނައަށް 3،000 ރުފިޔާ
- އެންމެ މޮޅު ފޮޓޯ ނަގާ ފަރާތަކަށް 5،000 ރުފިޔާ
ދެވަނައަށްދާ ފަރާތަކަށް 3،000 ރުފިޔާ
ތިންވަނައަށް 2،000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އަންނަ މެއި މަހުގެ 12 ވަނަ ދުވަހު ފާހަގަކުރާ ހުޅުމާލޭގެ 21 ވަނަ އަހަރީ ދުވަހާ ގުޅިގެން ކުލަގަދަ ފެސްޓިވަލެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. އެގޮތުން، ހަފްތާއަކަށް ދިގުދެމިގެންދާ ގޮތަށް ކުރިއަށްގެންދާ މި ފެސްޓިވަލްގެ ހަރަކާތްތައް އެކި ދުވަސްތަކަށް ބަހާލައިގެން ހުޅުމާލެގެ އެކި ސަރަހައްދުތަކުގައި އޮންނާނެއެވެ.