ވިޔަފާރިތަކުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ދައްކަން ޖެހި ނުދައްކާ ހުރި ފައިސާތައް އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް ދައްކާ ހަލާސްކުރުމަށް އެދިއްޖެއެވެ.

އެޗްޑީސީ އިން ބުނީ، އެ ކޯޕަރޭޝަން ހިންގުން ހަރުދަނާ ކުރުމައްޓަކައި ހާއްސަ އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެކި ވިޔަފާރިތަކުން ދައްކަން ޖެހި ނުދައްކާ ހުރި ފައިސާ ހޯދުމައްޓަކައި އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން ވިޔަފާރި އުސޫލުން ދެމުން އަންނަ ހިދުމަތްތަކާއި ދޫކޮށްފައިވާ ތަންތަން އަދި ތަރައްގީ ކުރަމުން އަންނަ ތަންތަނަށް ފައިސާ ދައްކަން ޖެހި ނުދައްކާ ހުރި ފަރާތްތަކުން އަންނަ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އެ ފައިސާ ދައްކާ ހަލާސް ކުރުމަށް އެޗްޑީސީ އިން ބުނެއެވެ. އަދި އެ ކޯޕަރޭޝަނަށް ދައްކަން ޖެހޭ އެއްވެސް ފައިސާ ނުދައްކާ ނެތް ކަން ޔާގީން ކުރުމަށް ވެސް ވަނީ އަންގާފައެވެ.

އެ މުއްދަތުގެ ތެރޭގައި ފައިސާ ދައްކަން ޖެހި ނުދައްކާ ތިބި ފަރާތްތަކުން ފައިސާ ދެއްކުމަށް އުޒުރުވެރިވާ ނަމަ އިތުރު ނޯޓިހެއް ދޭނެ ކަމަށާއި އެއަށްފަހު އެ ފަރާތްތަކުގެ މައުލޫމާތާއި ނުދައްކާ ހުރި ފައިސާގެ ތަފްސީލް އެޗްޑީސީގެ ވެބްސައިޓުގައި އާންމު ކުރަން ނިންމާފައިވާ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.

މިކަމާ ގުޅިގެން އިތުރު މައުލޫމާތު ސާފު ކުރުމަށް އީމެއިލް މެދުވެރިކޮށް މި އީމެއިލްއަށް މެއިލްކޮށް ގެން ކުރިއަށް ގެންދިއުމަށް އެޗްޑީސީ އިން ބުނެއެވެ،