އިންގްލިޝް ޕްރިމިއާ ލީގުގައި މިއަދު ހަވީރު އާސަނަލްއާ ބްރައިޓަން ވާދަކުރި މެޗު 1-1 އިން އެއްވަރުވެއްޖެއެވެ. އާސަނަލްގެ ދަނޑުގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފްގައި އާސަނަލްގެ ފަރާތުން ނުރައްކާތެރި ހަމަލާތައް ފެނިގެން ދިޔަ އިރު މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ވެސް އާސަނަލްއިންނެވެ.
މިގޮތުން މެޗުގެ 38 ވަނަ މިނެޓްގައި މިލަނޑު އާސަނަލްއަށް ޖަހާ ދިނީ ކައި ހަވޭޓްޒެވެ. މި ލަނޑަކީ އިނގިރޭސި ވިންގަރު ބުކާޔޯ ސާކާގެ އެސިސްޓެކެވެ.
އާސަނަލްއިން ކުރީގަައި އޮވެގެން މެޗުގެ ފުރަތަމަ ހާފް ނިންމި އިރު ދެވަނަ ހާފް ވެސް ވަރުގަދަކޮށް ފެށީ އާސަނަލްއިންނެވެ. އެހެން ނަމަވެސް ދެވަނަ ހާފް ފެށިތަނުން އާސަނަލްގެ މިޑްފީލްޑަރު ޑެކްލަން ރައީސްއަށް ދެއްކި ރަތް ކާޑާއެކު ކުޅުމުގެ އޮއިވަރު ބަދަލުވިއެވެ.
އިނގިރޭސި ކުޅުންތެރިޔާއަށް ރަތް ކާޑު ދެއްކި މިމެޗުގައި ދެ ރިނދޫ ހަމަވުމުންނެވެ. ރައީސް އަށް ރަތް ކާޑު ދެއްކިތާ 10 މިނެޓްގެ ތެރޭގައި ބްރައިޓަންއިން ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކުރިއެވެ.
މެޗުގެ ބާކީ އޮތް ބައިގައި 10 ކުޅުންތެރިންނާއެކު ކުޅެމުން ދިޔަ އާސަނަލް ބަލިކުރުމަށް ބްރައިޓަންއިން ގިނަ ހަމަލާތައް އުފެއްދިއެވެ. އެހެން ނަމަވެސް އާސަނަލްގެ ކީޕަރު ޑޭވިޑް ރާޔާ މުހިންމު ސޭވްތައް ކޮށްފައިވާ އިރު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.