މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާ އާއި މޮޑެލް ހެއިލީ ބީބާ އަށް ފިރިހެން ކުއްޖަކު ލިބިއްޖެއެވެ.

ހެއިލީ ވިހޭކަން އާންމުކުރަމުން ބީބާ އިންސްޓަގްރާމަށް ދަރިފުޅުގެ ފޮޓޯއަކާއެކު ހިއްސާކުރި ޕޯސްޓެއްގައި ބުނީ އަލަތު ދަރިފުޅުގެ ނަމަކީ ޖެކް ބްލޫސް ބީބާ ކަމަށެވެ. މަޝްހޫރު ސެލެބްރިޓީ ކަޕްލް ބީބާ އާއި ހެއިލީ އަށް އަލަތު ދަރިފުޅު ލިބުމާއެކު ދެމީހުންގެ ފޭނުންގެ އިތުރުން އިންޑަސްޓްރީގެ ގިނަ ފަންނާނުންނެއް އަންނަނީ ދެމަފިރިންނަށް މަރުހަބާ ކިޔަމުންނެވެ.

މަޝްހޫރު ގިނަ ލަވަތަކެއް އާންމުންނާ ހަމައަށް ގެނެސްދީފައިވާ ޖަސްޓިން ކައިވެނި ކޮށްގެން އުޅެނީ މޮޑެލް ހެއިލީ ބީބާ އާއެވެ. އެދެމީހުން ކައިވެނި ކުރީ 2018 ވަނަ އަަހަރުއެވެ. އުމުރުން އެންމެ 16 އަހަރުގައި ސެލީނާ ގޯމޭޒް ފީޗާ ކުރި "ބޭބީ" ލަވައިން ބޮޑު މަގްބޫލު ކަމެއް ހޯދި ޖަސްޓިން ވަނީ މިހާތަނަށް ހަ އަލްބަމް ނެރެފައެވެ. ޖަސްޓިން ވަނީ މީގެ ކުރިން ލަވަކިޔުންތެރިޔާ ސެލީނާ އާއެކު ވަރަށް ސީރިއަސް ގުޅުމެއް ބާއްވާފައެވެ.