ހުޅުމާލެއިން ބީލަމުގެ އުސޫލުން އިތުރު 11 ބިން ވިއްކަން ހަމަޖެހިފައިވާ ކަމަށް ހައުސިން ޑެވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެޗްޑީސީ އިން ބީޗްސައިޑުން ވިއްކަން ހަމަޖެހިފައިވަނީ:

  • 1331.51 އަކަފޫޓު ބިން
  • 1392.59 އަކަފޫޓު ބިން
  • 1584.18 އަކަފޫޓު ބިން
  • 1230.11 އަކަފޫޓު ބިން
  • 1279.21 އަކަފޫޓު ބިން
  • 1250.45 އަކަފޫޓު ބިން
  • 1294.16 އަކަފޫޓު ބިން
  • 1392.03 އަކަފޫޓު ބިން
  • 1474.37 އަކަފޫޓު ބިން
  • 1440.80 އަކަފޫޓު ބިން
  • 1502.36 އަކަފޫޓު ބިން

އެޗްޑީސީ އިން ބުނީ ހަމައެކަނި ދިވެހިންނަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލާފައިވާ ބީލަމުގައި އަމިއްލަ ފަރާތްތަކަށާއި 100 ޕަސެންޓު ދިވެހިންގެ ހިއްސާ އޮންނަ ކުންފުނިތަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ. މިކަމާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ސާފު ކުރަން ބޭނުންވާ ފަރާތްތަކުން އެޗްޑީސީގެ ހޮޓްލައިން 1516 އަށް ގުޅުއްވުމަށް ވަނީ އެދިފައެވެ.