އެޗްޑީސީއިން 1 މިލިއަން ރުފިޔާގެ އެހީއެއް ގާޒާއަށް ހަދިޔާކޮށްފިއެވެ.

ދިވެހިންގެ އެހީ ދުނިޔޭގެ އެކި ސަރަހައްދުތަކަށް ފޮނުވައިދޭ ދިވެހި ޓީމު، އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ބުނީ އެޗްޑީސީއިން އެއް މިލިއަން ރުފިޔާ ގާޒާގެ އެމަޖެންސީ ރިލީފް ފަންޑަށް ސަދަގާތް ކޮށްފައިވާ ކަމަށެވެ.

އެފަދަ ކަންކަމުގައި ދޭ އެއްބާރުލުން ފާހަގަކޮށް އައިއޭސީއިން ވަނީ އެކަމަށް ޝުކުރު އަދާކޮށްފައެވެ. އަދި އެ އެހީ އޭގެ ހައްގުވެރިންނަށް ފޯރުކޮށްދީ އޭގެ ތަފްސީލު ހާމަކުރާނެ ކަމުގެ ޔަގީންކަން އައިއޭސީއިން ވަނީ ބުނެފައެވެ.

އައިއޭސީ މެދުވެރިކޮށް މީގެ ކުރިންވެސް ކުންފުނިތަކާއި ސްކޫލުތަކުންވެސް ގާޒާއަށް އެހީ ފޯރުކޮށްދީފައިވާއިރު އިޒްރޭލުން ގާޒާއަށް އަރާ ކުރާ ހަނގުރާމައިގައި މިހާތަނަށް 33,000 މީހުން ޝަހީދު ކޮށްލާފައި ވެއެވެ.

އެޗްޑީސީއަކީ މިފަދަ ކަންކަމުގައިވެސް ނަމޫނާ ކުންފުންޏެކެވެ. ދުވަސްތައް ފާހަގަކުރުމުގައި ވެސް އެޗްޑީސީއިން ހާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތްކުރައްވައެވެ.