ބެލުންތެރިންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ފްރެންޗައިޒް ފިލްމު "ދަ މެޓްރިކްސް"ގެ ފަސްވަނަ ބައެއްވެސް އަންނާނެކަން އިއުލާންކޮށްފިއެވެ.

މި ފިލްމުގެ ހަތަރުވަނަ ބައެއް 2021 ވަނަ އަހަރު ފެނިގެންދިޔައިރު ފިލްމުގެ ފަސް ވަނަ ބައި ބެލުންތެރިންނާ ހަމައަށް ގެނެސްދޭނެ ވަކި ތާރީހެއް އިއުލާންކޮށްފައެއްނުވެއެވެ. ފިލްމު ރަސްމީކޮށް އިއުލާންކުރި ނަމަވެސް ފިލްމުގެ ޝޫޓިން ފަށާނެ ތާރީހެއް އަދި ހާމަކޮށްފައިނުވި ނަމަވެސް ބޭރުގެ ހަބަރުތައް ބުނާގޮތުގައި ފިލްމުގެ ފަސް ވަނަ ބައިގެ ޝޫޓިން މިއަހަރު ފަހުކޮޅު ފަށާނެއެވެ. މެޓްރިކްސްގެ ފަސްވަނަ ބައި ޑައިރެކްޓު ކުރުމަށް ހަމަޖެހިފައިވަނީ ހަތަރުވަނަ ބައި ވެސް ޑައިރެކްޓު ކުރި ޑްރޫ ގޮޑާޑް އެވެ. ފިލްމުގެ ސްކްރީންޕްލޭ ފައިނަލައިޒް ކުރަމުންދާއިރު މި ފިލްމު ކުޅޭނެ ކާސްޓުންނެއްވެސް އަދި އިއުލާންކޮށްފައެއްނުވެއެވެ.

މެޓްރިކްސް އަކީ ޓެކްނޮލޮޖީގެ ސަބަބުން ދިމާވާ ބޮޑެތި މައްސަލަތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. މެޓްރިކްސްގެ ފުރަތަމަ ބައި އާންމުންނާ ހަމައަށް އެންމެ ފުރަތަމަ އައީ 1999 ވަނަ އަހަރުގައެވެ. ފިލްމުގެ ދެވަނަ ބައި އަދި ތިން ވަނަ ބައި 2003 ވަނަ އަހަރު ރިލީޒްކުރިއިރު ހަތަރުވަނަ ބައި ރިލީޒްކުރީ 2021 ވަނަ އަހަރުގައެވެ. ފިލްމުގެ ހަތަރުވަނަ ބަޔަށް ބޮކްސް އޮފީހުގައި 159.2 މިލިއަން ޑޮލަރުގެ އާމްދަނީއެއް ވަނީ ލިބިފައެވެ. އެ ފިލްމުގައި ބޮލީވުޑްގެ ކުޅަދާނަ ބަތަލާ ޕްރިޔަންކާ ޗޯޕްޅާވެސް ހަރަކާތްތެރިވިއެވެ.